ދިވެހި|English Jul 26, 2026 · 01:08
Top banner
Advertisement
މާލޭ ކޯޓު ކޮމްޕްލެކްސްގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިމާލޭ ކޯޓު ކޮމްޕްލެކްސްގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުން/ފޮޓޯ ހައުސިންމިނިސްޓްރީ
News

މާލޭ ކޯޓު ކޮމްޕްލެކްސްގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

މމުހައްމަދު އަލީJul 25, 2026

މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު އެކުންފުންޏާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޔޫސުފް ޢަބްދުލްޣަފޫރެވެ. އެމްޓީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންޑިރެކްޓަރ

ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއެވެ.

މި ކޮމްޕްލެކްސް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 1 ގެ ސެންޓްރަލް ޕާކާ އިންވެގެންވާ ސަރަޙައްދުގައެވެ. މި ކޮމްޕްލެކްސްގެ މަސައްކަތް 720 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީން ވަނީ އެއްބަސްވެފައެވެ.

މިއީ 14 ބުރީގެ މި ޢިމާރާތެކެވެ. މި އިމާރާތުގައި ހައިކޯޓާއި، ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓުގެ އިތުރުން ފެމިލީ ކޯޓާއި، ޑްރަގް ކޯޓާއި، ޖުވެނައިލް ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) ހިންގުމަށް ބޭނުންވާ ޖާގަ ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢު ނިމުމާއެކު، ޝަރުޢީ ދާއިރާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނޭ ކަމަށް ވެސް އެމިނިސްޓްރީން ވިދާޅުވިއެވެ. މި ކޮމްޕްލެކްސް ތަރައްޤީކުރެވިގެންދާނީ ޒަމާނީ އެންމެހައި ވަސީލަތްތައް ލިބޭގޮތަށެވެ. އެވަސީލަތްތަކާއެކު ފަނޑިޔާރުންނާއި މުވައްޒަފުންގެ އިތުރުން، ކޯޓުތަކުގެ ޚިދުމަތް ހޯދާ އާންމު ރައްޔިތުންނަށް ލުއިފަސޭހަވެގެންދާނޭ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

Related News