ދިވެހި|English Jul 26, 2026 · 21:13
Top banner
Advertisement
ހަގީގީ މިނިވަންކަމަކީ ވެރިންގެ ފަރުވާކުޑަ ނިންމުންތަކުން ރައްޔިތުން މިނިވަންވެ ތިބުން: ފައްޔާޒު
News

ހަގީގީ މިނިވަންކަމަކީ ވެރިންގެ ފަރުވާކުޑަ ނިންމުންތަކުން ރައްޔިތުން މިނިވަންވެ ތިބުން: ފައްޔާޒު

މމުހައްމަދު އަލީJul 26, 2026

ގައުމެއްގެ ހަގީގީ މިނިވަންކަމަކީ ވެރިކަންކުރާ މީހުންގެ އަނިޔާވެރިކަމާއި ނާގާބިލުކަމާއި ފަރުވާކުޑަ ނިންމުންތަކުން ރައްޔިތުން މިނިވަންވެ ތިބުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ "ޤައުމެއްގެ މިނިވަންކަން ހަގީގަތުގައި މާނަކުރެވެނީ، އެ ޤައުމެއްގެ ރައްޔިތުން ވެރިކަންކުރާ މީހުންގެ އަނިޔާވެރިކަމާއި، ނާޤާބިލުކަމާއި، ފަރުވާކުޑަ ނިންމުންތަކުން މިނިވަންވެ، އަސްލު އިޤްތިޞާދީ މިނިވަންކަން ލިބިގެންދާ ވަގުތު،"ގައި ކަމަށެވެ. އެހެން ނަމަވެސް މިއީ ރާއްޖޭގައި އަދިވެސް ފުރިހަމައަށް ހަގީގަތަކަށްވެފައި ނުވާ ހުވަފެނެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ މިނިވަން އަދި މުސްތަގިއްލު ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމަށް ކޮންމެ ރައްޔިތަކަށް ވެސް ކަރާމާތާއި އިގްތިސާދީ މިނިވަންކަން ލިބެންވާ ކަމަށެވެ.

 

Related News