ދިވެހި|English Sep 14, 2026 · 10:19
Top banner
Advertisement
ވިޔަފާރިވެރީންގެ މިސްކިތުގެެ އާބާތުރަ ފިލުވުމުގެ މަސައްކަތް މޭޔަރު ބައްލަވާލައްވައިފި
News

ވިޔަފާރިވެރީންގެ މިސްކިތުގެެ އާބާތުރަ ފިލުވުމުގެ މަސައްކަތް މޭޔަރު ބައްލަވާލައްވައިފި

މމުހައްމަދު އަލީJul 30, 2026

މާލޭގެ ވިޔަފާރިވެރީންގެ މިސްކިތުގެ އާބާތުރަ ފިލުވުމާއި މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައްލަވާ ލައްވައިފިއެވެ. އެމަނިކުފާނު އަރިހުގައި އެސިޓީގެ ކައުންސިލަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިސްކިތުގެ މަސައްކަތްތައް ބައްލަވާ ލެއްވުމަށް ކުރެއްވި މި ޒިޔާރަތުގައި މިސްކިތުގެ ހާލަތާއި މަސައްކަތްތަކުގެ ފެންވަރު ވަނީ ބައްލަވާލައްވާފައި ކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މިސްކިތުގައި މިހާރު ކުރިއަށްދާ މަރާމާތުގެ މަސައްކަތްތަކުގެ ތެރޭގައި، މިސްކިތުގެ ގޯތިރޭގައި އަޅައިފައިވާ ގާތައް ތަރުތީބު ކުރުމާއި، މިސްކިތުގެ ގޯތިތެރޭގައިވާ ގަސްތައް ރީތިކުރުން ހިމެނެއެވެ. މީގެ އިތުރުން މިސްކިތުގެއެތެރޭގައި ނެވިލޯން އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކަކީ ކައުންސިލުން ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލަހައްޓަމުންދާ ތަންތަން ކަމަށެވެ. މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތައް އަވަސްކޮށް، ނަމާދުކުރާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަކީ ކައުންސިލްގެ އަމާޒެއް ކަމަށް ވެސް ވިދާޅުވިއެވެ.

Related News