ދިވެހި|English Aug 24, 2026 · 09:43
Top banner
Advertisement
އުތުރު ކޮރެއާގެ ޤާނޫނުއަސާސީ އިސްލާހު ކުރަނީ
World

އުތުރު ކޮރެއާގެ ޤާނޫނުއަސާސީ އިސްލާހު ކުރަނީ

އއިބްރާހީމްް ސަމީރުOct 7, 2024
އުތުރު ކޮރެއާއިން އާންމުކޮށް ޤާނޫނުއަސާސީގެ ވާހަކަ ދައްކައެއް ނޫޅެއެވެ. ނަމަވެސް ޕިޔޮންގޔަންގއިން މާދަމާ ހޯމަ ދުވަހު ޤާނޫނުއަސާސީ އިސްލާޙު ކުރުމަށް ޖަލްސާއެއް ބާއްވާނެއެވެ. މިޖަލްސާގައި ސުލްހަވެރިކަމާއެކު ދެކުނު ކޮރެއާއެކު ސުލްޙަވެ އިއްތިޙާދު ވާން މަސައްކަތް ކުރަން ވާނެ ކަމަށް ބުނާ މާއްދާ އިސްލާޙު ކުރާނެއެވެ. ދެކޮރެއާ ދެމެދު މައްސަލަ ހޫނުވެ ހަތުރުވެރިކަން އާންމުވުމުގެ ސަބަބުން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އޮން ދެކުނު ކޮރެއާއެކު ސުލްޙަވާކަށް ބޭނުންފުޅެއް ނުވެއެވެ. މާދަމާ ބާއްވާ ޖަލްސާގައި ލީޑަރު ކިމް ބޭނުންފުޅުވާ ގޮތަށް އިސްލާޙު ފާސްވާނެކަމަށް ޔަގީން ކުރެވެއެވެ. އުތުރު ކޮރެއާގެ ޕާލަމެންޓަކީ ބަސްއަހާ މެމްބަރުން ތިބޭ ޕާލަމެންޓެކެވެ. އަދި ހުރިހައި މެމްބަރުންނަކީ ޤައުމީ މަސްލަހަތު އިސްތު ކޮށް ހުށަހަޅާ ކޮންމެ މައްސަލައަކަށް އަތް މައްޗަށް ނަގައިގެން އާނ އެކޭ ބުނެ ވޯޓުދޭ މެމްބަރުންނެވެ.

Related News