ދިވެހި|English Jul 30, 2026 · 20:58
Top banner
Advertisement
މާދަމާ ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ، ސަމާލުވޭ: މެޓް
News

މާދަމާ ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ، ސަމާލުވޭ: މެޓް

މމުހައްމަދު އަލީJul 30, 2026

މާދަމާ ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓު) އޮފީހުން ބުނެފިއެވެ. އެހެން ކަމުން އެންމެންވެސް މޫސުމަށް ސަމާލިކަންދީ އެންމެފަހުގެ މައުލޫމާތު ހޯދުމަށް އެއޮފީހުން ވަނީ އެދިފައެވެ. ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މޫސުމާބެހޭ ރާއްޖޭގެ އޮފީހުން ބުނެފައިވަނީ ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފްގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި ބޯ ވިއްސާރަވިލާ އަންނަނީ އުފެދެމުންނެވެ. "މިއާއެކު ޚާއްސަކޮށް ކުރިއަށްއޮތް ހުކުރުދުވަހު (ޖުލައި 31 ގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެގެންދާނޭ ކަމަށް ބެލެވެއެވެ." މޫސުމާ ބެހޭ އޮފީހުން ބުނެފައިވެއެވެ.

Related News