ދިވެހި|English Jul 30, 2026 · 20:57
Top banner
Advertisement
މެދުކެނޑުމަކަށްފަހު "ފަތްތޫރަ" ނެރެން ފަށައިފި
News

މެދުކެނޑުމަކަށްފަހު "ފަތްތޫރަ" ނެރެން ފަށައިފި

ހިރި ނިއުސްހިރި ނިއުސްJul 30, 2026

މެދުކެނޑުމަކަށްފަހު ފަތްތޫރަ އަލުން ނެރެން ފަށައިފިއެވެ. މި މަޖައްލާ އަލުން ނެރެން ފެށިފަހުން ޗާޕުކުރި ފުރަތަމަ އަދަދު މިނިސްޓަރ ހީނާ ވަލީދު ވަނީ ރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުވައިފައެވެ.

ފަތްތޫރަ އަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލިސް އިން މަހަކު އެއްފަހަރު ނެރެންފެށި މަޖައްލާއެކެވެ. މި މަޖައްލާ ފުރަތަމަ ޝާއިޢުކުރެވުނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން އުފައްދަވާފައި އޮތް ދިވެހި ބަހާއި އަދަބަށް ޚިދުމަތްކުރާ މަޖްލިހުންނެވެ. ބޭނުމަކީ ބަހާއި ބަހުގެ އަދަބަށް ޚިދުމަތް ކުރުމެވެ. ފަހުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު އުފެދި އެތަނުން މި މަޖައްލާ ނެރެން ފެށުމުން ވެސް މަޤްޞަދަކަށް ބަދަލު އައިސްފައެއް ނުވެއެވެ. މިހާރު މި މަޖައްލާ ނެރެނީ ދިވެހިބަހުގެ އެކެޑެމީންނެވެ.

ފަތްތޫރަ މިބަސް ނެގިފައިވަނީ ވަރަށް އިހުގެ ލިޔުމަކުން ކަމަށް ވެއެވެ. އޭރުމިބަސްލިޔެއުޅުނީ"ފަތްތޫރާ"މިހެންނެވެ. މާނައަކީފަތުވާކަމަށް ވެއެވެ. ފަތުވާއަކީކަންއޮތްގޮތްބުނެދީބަޔާންކޮށްފާޅުކޮށްހެދުމަށް ބުނެއުޅޭ ބަހެކެވެ.

Related News