ދިވެހި|English Aug 6, 2026 · 06:28
Top banner
Advertisement
އަޑިއަށްދިޔަ ދޯންޏަކުން މީހުން ސަލާމަތްކުރަން އުޅެނިކޮށް ފުލުހަކާއި ސިފައިންގެ މީހަކު ގެއްލިއްޖެއޭއަި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް
News

އަޑިއަށްދިޔަ ދޯންޏަކުން މީހުން ސަލާމަތްކުރަން އުޅެނިކޮށް ފުލުހަކާއި ސިފައިންގެ މީހަކު ގެއްލިއްޖެ

މމުހައްމަދު އަލީAug 6, 2026

އަޑިއަށްދިޔަ ސަޕްލައި ދޯންޏަކާއި އެއިން ދަތުކުރި މީހުން ދޯނިން ދަތުރުކުރި  މީހުން ސަލާމަތް ކުރަން ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވެފައިވަނީ އެދޯނިން ޖުމްލަ 8 މީހުން ދަތުރުކުރި ކަމަށެވެ. އޭގެ ތެރެއިން ކެޕްޓަން ފިޔަވައި އަނެއް 7 މީހުން ވަނީ ސަލާމަތް ކުރެވިފައި ކަމަށެވެ. "މި މަސައްކަތުގައި އުޅުނު ސިފައިންގެ ބޭކަލަކާއި، ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ގެއްލިފަ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން މިހާރު ދަނީ ހުއްޓުމެއްނެތި ކުރަމުން،" އެމްއެންޑީއެފުން ވިދާޅުވިއެވެ.

އައްޑީއަށް ދިޔައީ "ފްރެންޑް 4" ނަމަކަށްކިޔާ މުދާ އުފުލާ ދޯންޏެކެވެ. އެ ދޯނި އަޑިއަށްދިޔައީ ހިލައާއި ހިލަވެލި ބަރުކޮށްގެން ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. ދޯނި އަޑިއަށް ދިޔައީ ރާޅު އަރައި ދިޔަވަމުންދާތީ އެ އުޅަނދާއި މީހުން ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން މަސައްކަތްކުރަމުން ދަނިކޮށް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

 

Related News