ދިވެހި|English Sep 20, 2026 · 14:25
Top banner
Advertisement
އަޑިއަށްދިޔަ ސަޕްލައިދޯނިން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެން މަގުން ފަށައިފި
News

އަޑިއަށްދިޔަ ސަޕްލައިދޯނިން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެން މަގުން ފަށައިފި

މމުހައްމަދު އަލީAug 6, 2026

ހިލަޔާއި ހިލަވެލި ބަރުކޮށްގެން ތ. މަޑިފުށީން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދިޔަ "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނިން ދަތުރުކުރީ ޖުމްލަ 8 މީހުންނެވެ. އޭގެ ތެރެއިން 7 މީހަކު ވަނީ ސަލާމަތްކޮށްފައެވެ. ގެއްލިގެން ހޯދަމުންދަނީ އެ ދޯނީގެ ކެޕްޓަނާއި ސިފައިންގެ މީހަކާއި، ފުލުހެކެވެ. ފުލުސް މީހާއި ސިފައިންގެ މީހާ ގެއްލިފައިވަނީ ދޯންޏާއި އެއިން ދަތުރުކުރި މީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައެވެ. 

ގެއްލިފަވާ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެމަގުން ހުއްޓުމެއްނެތި ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާރޑް ފޯތު ސްކޮޑްރަން އަށް ލިބިފައިވަނީ، 5 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭގެ 22:37 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

 

Related News