ދިވެހި|English Aug 6, 2026 · 11:34
Top banner
Advertisement
އުކުޅަހުގައި އަލަށް ތަރައްގީކުރި ވޮލީކޯޓު ރައީސް ޑރ. މުޢިއްޒު ހުޅުވައިިދެއްވައިފި
News

އުކުޅަހުގައި އަލަށް ތަރައްގީކުރި ވޮލީކޯޓު ރައީސް ޑރ. މުޢިއްޒު ހުޅުވައިިދެއްވައިފި

ހިރި ނިއުސްހިރި ނިއުސްAug 6, 2026

އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި މުޅިން އަލަށް ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ.

އެމަނިކުފާނު މި ކޯޓު ހުޅުވައި ދެއްވީ ބުދަ ދުވަހު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢުއާއި ސަރުކާރުގެ އެކި މިނިސްޓްރީތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ވޮލީ ކޯޓު ހުޅުވުމަށްފަހު އެކުވެރިކަމުގެ ވޮލީ މެޗެއް ވަނީ ކުޅެފައެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވޮލީ ކޯޓުތައް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރުވެސް 10 ރަށެއްގައި ވޮލީ ކޯޓު އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

Related News