ދިވެހި|English Aug 13, 2026 · 14:02
Top banner
Advertisement
އީރާނާއި ޕާކިސްތާނުގެ ގުޅުން ވަރުގަދަކުރުމަށް ގޮވާލައިފި
ފީޗާޑް އާޓިކަލް

އީރާނާއި ޕާކިސްތާނުގެ ގުޅުން ވަރުގަދަކުރުމަށް ގޮވާލައިފި

އއަހުމަދު މުހައްމަދުAug 13, 2026

އިސްލާމްއާބާދު، އައި.އާރް.އެން.އޭ – ޕާކިސްތާނާއި އީރާނާ ދެމެދު އޮންނަ އަޚުވަންތަ ކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޕާކިސްތާނުން ގޮވާލައިފިއެވެ.

އެގައުމުގެ ފަރާތުން މިކަމަށް ގޮވައިލެއްވީ ދިފާޢީ އަދި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު ޚަވާޖާ މުޙައްމަދު ޢާޞިފެވެ.

ޕާކިސްތާނުގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ޚަވާޖާ މުޙައްމަދު ޢާޞިފް މިކަމަށް ގޮވައިލެއްވީ އީރާނުން އިސްލާމްއާބާދަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރެޒާ އަމީރީ-މުޤައްދަމާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ސަރަޙައްދުގައި ހިނގަމުންދާ ކަންކަމާބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. އޭގެ އިތުރުން ދެފަރާތުންވެސް ޝައުޤުވެރިވާ ކަންކަމާއި ދެޤައުމުގެ ދެމެދުގައިވާ އެއްބާރުލުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް އިރުނާ ނޫހުން ބުނެފައިވެއެވެ.

ޕާކިސްތާނުގެ ދިފާޢީ ވަޒީރު ވަނީ އީރާނާއެކު އޮތް ގާތް، އަޚުވަންތަ ގުޅުން އިތުރަށް ވަރުގަދަކުރުމަށާއި، ދެފަރާތަށްވެސް ފައިދާހުރި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ޕާކިސްތާނުން ދޭ އިސްކަން ތަކުރާރުކުރައްވާފައެވެ.

 

Related News