ދިވެހި|English Aug 13, 2026 · 18:09
Top banner
Advertisement
ސްޓޭޓު މިނިސްޓަރ ފައިރޫޝް އިސްތިއުފާ ދެއްވައިފިޑރ. އަބްދުﷲ ފައިރޫޝް
News

ސްޓޭޓު މިނިސްޓަރ ފައިރޫޝް އިސްތިއުފާ ދެއްވައިފި

މމުހައްމަދު އަލީAug 13, 2026

ދާޚިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޑރ. ޢަބްދުﷲ ފައިރޫޝް އެމަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އެކްސްގައި މިއަދު ކުރައްވާފައިވާ ޕޯސްޓެއްގައި ފައިރޫޝް ވިދާޅުވެފައިވަނީ މި ނިންމެވުމަކީ ވަރަށްބޮޑަށް ވިސްނެވުމަށްފަހު ނިންމެވި ނިންމެވުމެއް ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ މިއީ އާންމު ޚިދުމަތުގެ މި ބާބު ނިންމަވާލެއްވުމަށް އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ރަނގަޅަށް ވިސްނުމަށްފަހު އަޅުގަނޑު މިވަނީ މަޤާމުން އިސްތިއުފާދޭން ނިންމާފައި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އަޅުގަނޑުގެ އާންމު ޚިދުމަތުގެ މި ބާބު ނިމުމަކަށް ގެނައުމަށް އެންމެ ރަނގަޅު ވަގުތު،" އެކްސްގައި ވިދާޅުވެފައިވެއެވެ.

 އޭނާ ވިދާޅުވެފައިވަނީ މިފަދަ ޚިދުމަތެއް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށްޓަކައި އުފާ ކުރައްވާ ކަމަށެވެ. އަދި އެކީގައި މަސައްކަތް ކުރެއްވި އެންމެހާ ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޑރ. ފައިރޫޝަކީ ފުލުހުންގެ ޚިދުމަތުގައި 20 އަހަރު ހޭދަކުރައްވާފައިވާ ޚިދުމަތްތެރިއެކެވެ.

Related News