ދިވެހި|English Aug 15, 2026 · 20:28
Top banner
Advertisement
އިސްލާމްދީނަކީ ދިވެހި ޤައުމުގެ ނާރެސް: ރައީސް
News

އިސްލާމްދީނަކީ ދިވެހި ޤައުމުގެ ނާރެސް: ރައީސް

މމުހައްމަދު އަލީAug 15, 2026

އިސްލާމްދީނަކީ ދިވެހި ޤައުމުގެ ނާރެސް ކަމަށާއި ކީރިތި ޤުރްއާނަކީ ދިވެހި ޤައުމިއްޔަތުގެ މަދު ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވީ ހއ. އުތީމުގައި މިއަދު ބޭއްވި ގައުމީދުވަހުގެ ރަސްމީޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ޕޯޗުގީޒުންގެ އަތްދަށުގައި ހިތްދަތިކަމާއެކު ދިވެހިރާއްޖެ އެތައް އަހަރެއްވަންދެން އޮންނަންޖެހުނީ އެންމެ މީހަކު، މާތްވެގެންވާ އިސްލާމްދީން ދޫކޮށްލުމުގެ ސަބަބުން ކަމަށެވެ. "އެ ހިސާބުން އޭނާއާ ދިވެހި ފަސްގަނޑާ ދެމެދު އޮތް ރޫޙާނީ ގުޅުން ކެނޑުނީ. ވަޠަނީ ލޯތްބާއި، ކުލުނުގެ އަސާސް ރޫޅި ފުނޑުފުނޑުވީ. ދީން ދޫކޮށްލާ ހިސާބުން އެ ޚިޔާނާތްތެރިވެވުނީ ހަމައެކަނި ދީނަކަށް ނޫން. އެ ޚިޔާނާތްތެރިވެވުނީ، ދިވެހި ޤައުމަށް. ދިވެހިރާއްޖެއާއި ދިވެހި ދައުލަތަށް. ދިވެހީންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް. ދިވެހީންގެ އަބުރާއި ޢިއްޒަތާއި، މުޅި ދިވެހި ތާރީޚަށްވެސްމެ،" ރައީސް ވިދާޅުވިއެވެ.

އިސްލާމްދީން ދެއްކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ކަމަށާއި، ދީނުގައި އެފަދަ މަތިވެރި ބާރެއް، އެފަދަ ދިރުންހުރި ރޫޙެއް އެކުލެވިގެންވޭ ކަމަށް ރައީސް ވިދާޅުވިއެވެ. އުތީމު މަހާރަދުން ވެސް ޖިހާދުކުރެއްވީ މާތްވެގެންވާ އިސްލާމް ދީނަށްޓަކައި ކަމަށް ރައީސްވިދާޅުވިއެވެ. "މި ލޮބުވެތި އުތީމު ފަސްގަނޑުގައި އެހެރަ ކަނދުވަލު މިސްކިތުގައި އުތީމު ތިންބޭން ހަނގުރާމައިގެ ދިދަ ބެންނެވީ މާތްވެގެންވާ އިސްލާމްދީނަށްޓަކައި. ހަނގުރާމައިން ހާސިލުކުރައްވަން ބޭނުންފުޅުވާ އަމާޒު، އެ ބޭފުޅުން ކަނޑައެޅުއްވި ގޮތް އަޅުގަނޑުމެން ހަނދާން އެބަހުރި. އެއީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ ސަލާމަތަށްޓަކައި ނަޞްރު ލިބިވަޑައިގަންނަވަންދެން ޖިހާދު ކުރެއްވުން. ނޫނީ ޝަހީދުވެގެން ފުރިހަމަ މުސްލިމެއްގެ ގޮތުގައި ﷲގެ ރަޙްމަތަށް ވާޞިލްވުން،" ރައީސް ވިދާޅުވިއެވެ.

ޤައުމީ ދުވަހުގެ ހާދިސާއާއި މާތްވެގެންވާ އިސްލާމްދީނާ އޮތް ގުޅުން މިކަމުން ވެސް ނިކަން ފުރިހަމަޔަށް ފެނިގެންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމުން ދޭހަކޮށްދެނީ މިނިވަންކަމާއި އިސްލާމްދީނާ ގުޅިލާމެހިފައިވާ މިންވަރު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނާ ބީރައްޓެހި، ނުވަތަ އިސްލާމްދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު، ދިވެހި ޤައުމުގެ މިނިވަންކަން އޮތީ ގެއްލިފައި ކަމަށެވެ. ނުވަތަ ދިވެހިރާއްޖޭގެ މިނިވަންކަން ނުރައްކަލުގެ ތުންފަތްމައްޗަށް ވެއްޓޭ ކަމަށް ވެސް ވިދާޅުވިއެވެ.

މި ސަބަބަށްޓަކައި އިސްލާމްދީން ހިމާޔަތް ކުރެވޭނެ ނިޒާމެއް ޤައުމުގައި ފުރިހަމައަށް ޤާއިމްވެފައި އޮންނަންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Related News