ދިވެހި|English Aug 18, 2026 · 16:55
Top banner
Advertisement
މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަށް އިތުރު ދިހަ ޒޯން ކަނޑައަޅައިފި
News

މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަށް އިތުރު ދިހަ ޒޯން ކަނޑައަޅައިފި

މމުހައްމަދު އަލީAug 18, 2026

މީގެ ކުރިންވެސް ސަރުކާރުންވަނީ ފަސް ސަރަޙައްދެއްގައި މެރިކަލްޗަރއަށް ޚާއްޞަ ޒޯންތަކެއް ޤާއިމުކޮށް، އިންވެސްޓަރުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ދިފައި ކަމަށް އެވުޒާރާއިން ވިދާޅުވެފައިވެއެވެ. އަލަށް ކަނޑައެޅި 10 ސަރަހައްދާއެކު މިހާރު މިވަނީ ޖުމްލަ 15 ސަރަހައްދެއް މެރިކަލްޗަރއަށް ޚާއްސަކޮށްފައެވެ.

މެރިކަލްޗަރ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދީ، މުހިންމު ފިޔަވަޅުތަކެއް މިސަރުކާރުން ވަނީ އަޅައިފައި ކަމަށްވެސް އެވުޒާރާއިން ވިދާޅުވެފައިވެއެވެ.

އަލަށް ކަނޑައެޅި 10 ސަރަހައްދު:

  • ތ. އަތޮޅު 2 ސަރަހައްދު

  • މ. އަތޮޅު 3 ސަރަހައްދު

  • ފ. އަތޮޅު 2 ސަރަހައްދު

  • ދ. އަތޮޅު 2 ސަރަހައްދު

  • ގއ. އަތޮޅު 1 ސަރަހައްދު

ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ވެސް މަސްވެރި ކަމާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

އެގޮތުން މެރިކަލްޗަރ އިންޑަސްޓްރީއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށްޓަކައި މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ވެސް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ ފަށާފައެވެ.

މެރިކަލްޗަރ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން މިހާ ބޮޑު އިސްކަމެއް ދިނުމުން، ކުރިއަށް އޮތް އަހަރުތަކުގައި މި ދާއިރާއިން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ވެސް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެއެވެ.

 

Related News