ދިވެހި|English Aug 23, 2026 · 02:06
Top banner
Advertisement
އީރާނާ ދެކޮޅަށް އީޔޫއިން އަޅައިފައިވާ ފިޔަވަޅުތަކަށް އަމަލު ނުކުރަން ޖޯޖިޔާއިން ނިންމައިފިތެންގިޒް ޝަރްމަނާޝްވިލީ
World

އީރާނާ ދެކޮޅަށް އީޔޫއިން އަޅައިފައިވާ ފިޔަވަޅުތަކަށް އަމަލު ނުކުރަން ޖޯޖިޔާއިން ނިންމައިފި

މމުހައްމަދު އަލީAug 22, 2026

އީޔޫއިން އީރާނާ ދެކޮޅަށް އަޅާފައިވާ އައު ފިޔަވަޅުތަކުގައި ޖޯޖިޔާއިން ބައިވެރިނުވީ ކީއްވެގެންތޯ ސުވާލު ކުރުމުން އެގައުމުގެ ގާނޫނީ ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ވެރިކަންކުރާ ޖޯޖިއަން ޑްރީމް ޕާޓީގެ މަންދޫބު ތެންގިޒް ޝަރްމަނާޝްވިލީ ވިދާޅުވީ، ބައިނަލްއަގުވާމީ ސިޔާސަތުގެ ދާއިރާއިން ވަކި ގަރާރަކަށް ތާއީދުކުރުން ނުވަތަ ވަކި ފިޔަވަޅެއް އެޅުން އެގައުމުން ނިންމާނީ ވަކި މިންގަނޑަކަށް ބަލައިގެން ކަމަށެވެ. އެގައުމުން އަބަދުވެސް ބަލާނީ އެކަމެއް ކުރުމުން ގައުމީ މަސްލަހަތަށް ފައިދާވާނޭ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ނިންމުމެއްގެ ސަބަބުން ޖޯޖިޔާގެ މަސްލަހަތަށް ފައިދާނުވާކަމަށްވާނަމަ ދެން ފައިދާވާނީ ކޮން ބަޔަކަށްތޯ އެއީ އެގައުމަށް މުހިންމު ކަމެއް ނޫނެވެ.

ޝަރްމަނާޝްވިލީ ވިދާޅުވީ ތުރުކީއާއި ސާބިއާއިން ވެސް ވަނީ އީރާނާ ދެކޮޅަށް އަލަށް އެޅި ފިޔަވަޅުތަކަށް އަމަލުނުކުރާނޭ ކަމަށް އަންގާފައި ކަމަށެވެ. އެ ދެގައުމަކީ ވެސް އީޔޫގެ މެންބަރުކަން ހޯދުމަށް މަސައްކަތް ކުރަމުންދާ ދެ ގައުމު ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އަޅަން އީޔޫއިން އަލަށް އެކުލަވާލި ފިޔަވަޅުތަކުގެ ޕެކޭޖުގައި ތިން ކަމެއް ހިމަނާފައިވެއެވެ.

ފަހަކަށް އައިސް ޖޯޖިޔާ ސަރުކާރުން ދަނީ އަމިއްލަ މިނިވަން ސިޔާސަތެއް ނަގަހައްޓަން މަސައްކަތްކުރަމުންނެވެ. އެގޮތުން އީޔޫގެ މެންބަރުކަން ހޯދުމުގެ ބޭނުމުގައި އެހެން ގައުމުތަކާއެކު އޮންނަ ގުޅުން ގުރުބާންކުރުމުގެ ބަދަލުގައި، ނިންމުންތައް ނިންމަމުންދަނީ ގައުމީ މަސްލަހަތަށް އިސްކަންދީގެން ކަމަށް އެގައުމުންދަނީ ބުނަމުންނެވެ.

Related News