އެމެރިކާއާއި އީޒްރޭލު ގުޅިގެން އީރާނުގެ ދެކުނު މިނާބުގެ ޝަޖަރަ ތައްޔިބާ އިބްތިދާއީ ސްކޫލަށް ހަމަލާދީ 168 ދަރިވަރަކު ޝަހީދުކުރި ހާދިސާއަށް 168 ދުވަސްފާހަގަ ކުރުމަށް ނިކަރާގުއާގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ އެގައުމުގެ ނޭޝަނަލް އޮޓޯނޮމަސް ޔުނިވަސިޓީ (ޔޫއެންއޭއެން) ގައެވެ. މި ރަސްމިއްޔާތުގައި ދަރިވަރުންނާއި، ޔުނިވަސިޓީގެ ޕްރޮފެސަރުންނާއި، ނިކަރާގުއާގެ ގައުމީ މަޖިލީހުގެ މެންބަރުންގެ އިތުރުން އީރާނުން ނިކަރާގުއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ މިނާބުގެ ޝަޖަރަ ތައްޔިބާ އިބްތިދާއީ ސްކޫލަށް ދިން ހަމަލާއަށް 168 ދުވަސް ފުރުނު ދުވަހާ ގުޅިގެންނެވެ.
މި ހަރަކާތުގައި 250 އަށްވުރެ ގިނަ ދަރިވަރުންނާއި، ފެކަލްޓީ މެންބަރުންނާއި، ނިކަރާގުއާ-އީރާން ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގައި އީރާނުން ނިކަރާގުއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރާމިން ޒާރިއު ވަނީ އެމެރިކާއާއި އިސްރާއީލުން އީރާނުގެ ސަރަހައްދީ ސަލާމަތާ ދެކޮޅަށް ހިންގި އަސްކަރީ އުދުވާނުގެ ތަފްސީލު ދެއްވާފައެވެ. އަދި މި ހާދިސާއަކީ އިންސާނީ މުސީބާތެއް އެކަނި ނޫން ކަމަށާއި، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް އިތުބާރު އޮތްމިންވަރު ވަޒަންކުރެވޭ ބޮޑު އިމްތިހާނެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިނާބުގެ ހާދިސާއަކީ ހަމައެކަނި ސްކޫލް އިމާރާތަކަށް ދެވުނު ހަމަލާއެއް ނޫން ކަމަށާއި، އެއީ ބައިނަލްއަގުވާމީ ގާނޫނީ އޮނިގަނޑުތަކާ ޚިލާފުވުމާއި އަދި އާންމުން ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން އަދާކުރަންޖެހޭ ވާޖިބު އަދާކުރުމުގައި ނުކުޅެދިފައިވާކަން ހާމަވި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަހަރެމެން މިއެދެނީ ބަދަލުހިފާކަށް ނޫން، އަހަރެމެން މިއެދެނީ ޖަވާބުދާރީކުރުވުމަށް. އަހަރެމެން ރައްދުގައި ގާނޫނާ ޚިލާފު އަމަލުތަކަށް ތާއީދެއް ނުކުރަން، ނަމަވެސް އެދެނީ ގާނޫނާއި އިންސާފު ގާއިމުކުރުމަށް. އަހަރެމެން އުދުވާންތަކާއި ހަމަލާތައް އާންމު ކަމަކަށް ހެދުމާ ދެކޮޅުހަދަން، އަދި އޭގެ ބަދަލުގައި އދ. ގެ މިންގަނޑުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ގޮވާލަން،" އޭނާ ވިދާޅުވިއެވެ.
ހަގީގީ ސުލްހަ ހާސިލުކުރެވޭނީ އުދުވާންތަކާއި ހަމަލާތަކަށް އޭގެ ނޭދެވޭ ނަތީޖާ ކުރިމަތިވެ، ކުށްތަކަށް އަދަބު ނުލިބި ނުދާނެކަން ކަށަވަރުވެ، އަނިޔާލިބުނު މީހުންގެ ހައްގުތައް ފުރިހަމައަށް ބަލައިގަނެ، އަދި ބައިނަލްއަގުވާމީ ގާނޫނީ ހަމަތައް ވަކި އަތަކަށް ނުޖެހި އެންމެންގެ މައްޗަށް ހިނގާނެ ގޮތް ހެދުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.





