ދިވެހި|English Oct 8, 2026 · 11:42
Top banner
Advertisement
އިމާމް ޚުމައިނީގެ އުސޫލުތަކުގައި ސާބިތުވެ ތިބުމުގެ އަހުދު ރައީސް ޕެޒެޝްކިއަން އައު ކުރައްވައިފި
World

އިމާމް ޚުމައިނީގެ އުސޫލުތަކުގައި ސާބިތުވެ ތިބުމުގެ އަހުދު ރައީސް ޕެޒެޝްކިއަން އައު ކުރައްވައިފި

މމުހައްމަދު އަލީAug 23, 2026

ތެހެރާން، އައިއާރުއެންއޭ – އިސްލާމީ ޖުމްހޫރިއްޔާގެ ބާނީ އިމާމް ޚުމައިނީގެ އުސޫލުތަކަށާއި އިސްލާމީ އިންގިލާބުގެ ޝަހީދުންނާއެކު ސާބިތުވެ ތިއްބެވުމުގެ އަހުދު އީރާނުގެ ރައީސް މައްސޫދު ޕެޒެޝްކިއަން އާއި އެމަނިކުފާނުގެ ސަރުކާރުގެ ކެބިނެޓް މެންބަރުން، މިއަދު އައު ކުރައްވައިފިއެވެ.

އީރާނު ސަރުކާރުން ހަފްތާ ފެށުމުގެ ގޮތުން އާދީއްތަ ދުވަހު، ރައީސް ޕެޒެޝްކިއަން އާއި ކެބިނެޓް މެންބަރުން ވަނީ ތެހެރާން ކައިރީގައިވާ އިމާމް ޚުމައިނީގެ މަގުބަރާއަށް ޒިޔާރަތް ކުރައްވާފައެވެ.

މިިޒިޔާރަތުގައި އެބޭފުޅުން ވަނީ އިސްލާމީ ޖުމްހޫރިއްޔާގެ ބާނީއަށާއި އިންގިލާބުގެ ޝަހީދުންގެ އިހްތިރާމް އަދާކުރުމުގެ ގޮތުން ހަނދާނީ މާބޮނޑިއެއް ބާއްވައި، ހެޔޮދުއާ ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި އިމާމް ޚުމައިނީގެ ކާފަދަރިކަލުން އަދި އެ މަގުބަރާގެ ބަލަހައްޓަވާ ވެރިޔާ އާޔަތުﷲ ސައްޔިދު ހަސަން ޚުމައިނީ ބައިވެރިވެވަޑައިގެންނެވިއެވެ.

Related News