ދިވެހި|English Aug 24, 2026 · 06:26
Top banner
Advertisement
ދަތިކުރުމުގެ ފިޔަވަޅުތައް ކުރިއަށް ގެންދާނަމަ އެންމެ ތެޔޮތިކެއް ވެސް ބޭރުވިޔަ ނުދޭނަން: ރެޒާއީއީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މޭޖަރ ޖެނެރަލް މުޙައްސިން ރެޒާއީ
World

ދަތިކުރުމުގެ ފިޔަވަޅުތައް ކުރިއަށް ގެންދާނަމަ އެންމެ ތެޔޮތިކެއް ވެސް ބޭރުވިޔަ ނުދޭނަން: ރެޒާއީ

ޟޟަމްރަތު އަހްމަދުAug 23, 2026

ތެހެރާން، އިރްނާ – އެމެރިކާއިން އިސްނަގައިގެން ހިންގާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިވާ ކޮންމެ ޤައުމަކަށްވެސް އޭގެ ނަތީޖާއާ ކުރިމަތިލާންޖެހޭނެކަމަށް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މޭޖަރ ޖެނެރަލް މުޙައްސިން ރެޒާއީ އަނެއްކާވެސް ވިދާޅުވެއްޖެއެވެ. މި ދަތިކުރުމުގެ ފިޔަވަޅުތައް ކުރިއަށްދާނަމަ، ފާރިސީ ކަނޑުއޮޅިން (ޕަރޝިއަން ގަލްފު) ތެލުގެ އެންމެ ތިއްކެއްވެސް އެއްވެސް މަގަކުން ބޭރުވިޔަނުދޭނެކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.

އީރާނުން އަދި އެމެރިކާގެ އިޤްތިޞާދީ މަޞްލަޙަތުތަކަށް ސީދާ ޙަމަލާދީފައި ނުވިނަމަވެސް، މިފަދަ ޢަދާވާތްތެރި ޢަމަލުތައް ކުރިއަށްދާނަމަ އެ ފުރުޞަތުވެސް އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނަށް ދަތިކުރުމަށް އަޅާ ފިޔަވަޅުތަކުގައި އެމެރިކާއާއެކު ބައިވެރިވާ ކޮންމެ ޤައުމަކަށް ރައްދު ދޭނޭކަމުގެ އިންޒާރުުވެސް އޭނާ ދެއްވިއެވެ. "މި ދަތިކުރުމުގެ ފިޔަވަޅުތައް ކުރިއަށްދާނަމަ، ފާރިސީ ކަނޑުއޮޅިން ތެލުގެ އެންމެ ތިއްކެއްވެސް އެއްވެސް މަގަކުން ބޭރުވިޔަނުދޭނަން. މީގެއިތުރުން، އަހަރެމެން އެމެރިކާގެ އިޤްތިޞާދީ މަޞްލަޙަތުތަކަށް ޙަމަލާދީފައި ނުވިނަމަވެސް، މިފަދަ ޢަދާވާތްތެރި ޢަމަލުތައް ކުރިއަށްދާނަމަ އެ ފުރުޞަތު އަޅުގަނޑުމެންނަށް އެބައޮތް." ރެޒާއީ ވިދާޅުވިއެވެ.

ހުރުމުޒު ކަނޑުއޮޅީގެ ޙާލަތާ ގުޅޭގޮތުން ރެޒާއީ ވިދާޅުވީ، "ހުރުމުޒު ކަނޑުއޮޅި ވަނީ ބަންދުކުރެވިފައި. އަދި އެމެރިކާއިން އެމީހުންގެ ޢަމަލުތައް އިސްލާހުކޮށް، ވެފައިވާ އެއްބަސްވުންތަކަށް ޙުރުމަތްތެރިކޮށް ނުހިތަނީސް އެތަން އަލުން ނުހުޅުވާނެ. އެމީހުން ފުރަތަމަ ޖެހޭނީ ޢަމަލީގޮތުން ކަންކޮށްފައި ދައްކަން،" އޭނާ ވިދާޅުވިއެވެ.

Related News