ތެހެރާން، އައިއާރުއެންއޭ – އެމެރިކާގެ "އިގްތިސާދީ ޓެރަރިޒަމް"ގެ ސަބަބުން އިގްތިސާދީ ހަމަޖެހުމާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ބުރޫއެރިޔަ ނުދެއްވާނޭ ކަމަށް އީރާނުގެ ފުރަތަމަ ނާއިބު ރައީސް މުހައްމަދު ރެޒާ އާރިފް ވިދާޅުވެއްޖެވެ.
ހޮނިހިރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާރިފް ވިދާޅުވީ، 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށްފަހު އީރާނުން ކުރި ތަޖުރިބާތަކުން ވެސް އެގައުމުގެ އަޒުމަކަށް ބަދަލެއް ނާންނާނޭކަން ކަށަވަރު ވެފައިވާ ކަމަށެވެ. އޭރުން ފެށިގެން އެމެރިކާއިން ވަނީ އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި އިގްތިސާދީ ފިއްތުންތައް ކުރިމަތިި ކުރުވައިފައެވެ. އީރާނުގެ ޢަޒުމް ބަލިކަށިކޮށްލަން އަޅާ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ނިކުންނާނީ އިދިކޮޅު ނަތީޖާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެމެރިކާގެ އިގްތިސާދީ ޓެރަރިޒަމްގެ އަމާޒަކަށް އިގްތިސާދީ ހަމަޖެހުމާއި ރައްޔިތުންގެ ދިރިއުޅުން ހެދުމަށް ސަރުކާރުން ފުރުސަތެއް ނުދޭނެ،" އޭނާ ވިދާޅުވިއެވެ.





