ތެހެރާން، އައިއާރުއެންއޭ – އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއި ވިދާޅުވީ ހައްދުފަހަނައަޅައިފައިވާ ޒަޔަނިސްޓުންނާ ދެކޮޅަށް ހަމަލާ ދިނުމަކީ އީރާނުގެ މަސްލަހަތާ ގުޅިފައިވާ ގައުމީ ސިޔާސަތެއް ކަމަށެވެ.
ހޯމަ ދުވަހު ބޭއްވި ހަފްތާ ނޫސްވެރިންގެ ބައްދަލުވުމުގައި ބަގާއި ވިދާޅުވީ، ޒަޔަނިސްޓު ރެޖީމްގެ އިސްތިއުމާރާ ދެކޮޅަށް މަސައްކަތްކުރުމަކީ އަބަދުވެސް އަޚްލާޤީ މިންގަނޑުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ މައްޗަށް ސިޔާސަތުތައް ބައްޓަންކުރާ އީރާން ފަދަ ޤައުމެއްގެ އަސާސީ ސިޔާސަތުގެ ބައެއް ކަމަށެވެ.
އޭނާ ވިދާޅުވީ ސޫރިޔާގައި ޒަޔަނިސްޓު ރެޖީމް އޮތުމާ ދެކޮޅަށް ތެދުވުމަކީ އިސްލާމީ ޤައުމުތަކުގެ އިއްތިފާޤީ ވިސްނުމެކެވެ.
އިސްލާމީ ޤައުމުތަކުގައި ކޮންމެ ޖަމާޢަތަކުން ވެރިކަންކުރިޔަސް އަދި ފަރުދަކު، ނުވަތަ ފެކްޝަނަކުން ވެރިކަން ކުރިޔަސް އީރާނުގެ އަސާސީ އުޞޫލުތައް ބަދަލެއްނުވާނޭ ކަމަށެވެ.
ބަގާއި އިތުރަށް ވިދާޅުވީ، ސަރަޙައްދީ މަޞްލަޙަތާއި އިސްލާމީ އުއްމަތުގެ މަޞްލަޙަތަށްޓަކައި، އިސްތިއުމާރު ދެމިއޮތުމާ ދެކޮޅަށް އީރާނުން ތަކުރާރުކޮށް އަޑުއުފުލާނޭ ކަމަށެވެ. އަދި ސޫރިޔާއަށް އިސްރޭލުން ދެމުންދާ ޢުދުވާނީ ޙަމަލާތައް ކުށްވެރިކޮށް އެމީހުންނާ ދެކޮޅު ހެދުމުގައި ސާބިތުކަމާއެކު އީރާނުން އޮންނާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.





