ތެހެރާން، އައިއާރުއެންއޭ – އީރާނާއެކު ދެމިއޮންނާނޭ ކަމަށް ޔަމަންގެ އަންޞާރުﷲ ހަރަކާތުގެ ލީޑަރު ވިދާޅުވެއްޖެއެވެ.
ކީރިތި ރަސޫލާގެ ޢީދުމީލާދު ފާހަގަ ކުރުމުގެ ގޮތުން ދެއްވި ޚިތާބެއްގައި ޢަބްދުލްމަލިކް އަލްޙޫޘީ ވިދާޅުވީ، ޞަހްޔޫނީން ދަނީ އިސްލާމީ އުއްމަތަށް އަމާޒުކޮށް އެތައް ކަމެއް ކުރަމުން ކަމަށެވެ. އެގޮތުން އިސްލާމީ އުންމަތް އެމީހުންގެ ބާރުގެ ދަށަށްގެނައުމާއި، ނިކަމެތިކުރުމަށާއި، މުސްލިމުންގެ ބިންތައް ފޭރުމާއި، އުއްމަތުގެ ވަސީލަތްތަކުން ނާޖާއިޒު ފައިދާ ނެގުމަށް ދުޝްމަނުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަނިޔާލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރުމާއި، އިސްލާމީ އުއްމަތުގެ ދުޝްމަނެއްގެ ގޮތުގައިވާ ޞަހްޔޫނީ ދުޝްމަނުންނާ ކުރިމަތިލުމުގައި އަޅުގަނޑުމެން ސާބިތުކަމާއެކު ދެމިތިބޭނަން. އަދި އެމެރިކާ-އިސްރާއީލުގެ ރޭވުންތަކާ ދެކޮޅަށް އަޅުގަނޑުމެން ގެންގުޅޭ ސާބިތުކަން އަލުން ކަށަވަރުކޮށްދޭނަން،" އޭނާ ވިދާޅުވިއެވެ.
އަދި ސަޢޫދީ ޢަރަބިއްޔާއިން ޔަމަނާ ދެކޮޅަށް އަޅާފައިވާ ޙިޞާރު (ބަންދުކުރުން) ކުށްވެރިކުރައްވާ ކަމަށް ވެސް އަލްޙޫޘީ ވިދާޅުވިއެވެ. އެހެން ކަމުން ސަޢޫދީއާ ދެކޮޅަށް އަޅައިފައިވާ ޙިސާރަށް ތާއީދުކޮށް ތަންފީޒުކުރުމުގައި ސާބިތުވެ ތިބޭނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.





