ދިވެހި|English Sep 1, 2026 · 13:18
Top banner
Advertisement
ތިނަދޫ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި، މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
News

ތިނަދޫ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި، މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

މމުހައްމަދު އަލީSep 1, 2026

ގދ. ތިނަދޫ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި، ބިދޭސީ ފިރިހެނަކު ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ. ނިިޔާވެފައި ވަނީ އުމުރުން 27 އަހަރުގެ މީހެކެވެ. އޭނާއަކީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ޑރ. ޢަބްދުއްސަމަދު މެރޯރިއަލް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެމީހާ ނިޔާވެފައި އޮއްވާ ފެނިގެން ރިޕޯޓު ކޮށްފައިވަނީ ރޭ ފަތިހު 4:11 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Related News