ދިވެހި|English Sep 9, 2026 · 13:00
Top banner
Advertisement
ހޯރްމުޒް ކަނޑުއޮޅީގައިވާ އީރާނުގެ އަސްކަރީ ފަށަލަތަކަށް އޮޅުވާލެވޭނެ ޓެކްނޮލޮޖީއެއް ނެތް: ނާއިމީ
World

ހޯރްމުޒް ކަނޑުއޮޅީގައިވާ އީރާނުގެ އަސްކަރީ ފަށަލަތަކަށް އޮޅުވާލެވޭނެ ޓެކްނޮލޮޖީއެއް ނެތް: ނާއިމީ

ޟޟަމްރަތު އަހްމަދުSep 9, 2026

ހޯރްމުޒް ކަނޑުއޮޅީގައިވާ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީތައްވެސް ހޯދައި ސުޕަވައިޒް ކުރުމުގެ ގާބިލުކަން އީރާނުގެ އަސްކަރިއްޔާއަށް ލިބިގެންވާ ކަމަށް އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އަލީ މުހައްމަދު ނާއިނީ ވިދާޅުވެއްޖެއެވެ.

"އެމެރިކާ އަސްކަރިއްޔާގެ އެންމެ ކުރިއަރާފައިވާ އަންމޭންޑް (އިންސާނުންނާ ނުލައި ދުއްވާ) ސަބްމެރިން އަތުލައިގަނެވުނު އަތުލައިގަތުމުން އެނގެނީ، ހޯރްމުޒް ކަނޑުއޮޅީގައިވާ އަހަރެމެންގެ ފާރަވެރިވުމުގެ ފަށަލަތައް ފުރާނާލެވޭނެ އެއްވެސް ކުރިއަރާފައިވާ ޓެކްނޮލޮޖީއެއް ނެތްކަން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޝިއަން ގަލްފްގެ ކޮންޓްރޯލް ދެމެހެއްޓުމުގެ ގާބިލުކަން ޓެކްނޮލޮޖީގެ ގޮތުން ކުރިހޯދައިފައިވާ އީރާނުގެ ހުނަރުވެރި ޒުވާނުންނަށް ލިބިގެންވެއެވެ. އެމެރިކާއަށް އަމާޒުކުރައްވައި އައި.އާރު.ޖީ.ސީގެ ތަރުޖަމާނު ވިދާޅުވީ، "ގަލްފް އޮފް ޕިގްސް އަށް އަނބުރާ،" ދިއުމަށެވެ.

އަންގާރަ ދުވަހު އައި.އާރު.ޖީ.ސީ އިން ބުނެފައިވަނީ، އެރޭ ފަތިހު ހިންގި ނުރައްކާތެރި އިންޓެލިޖެންސް އަދި އޮޕަރޭޝަނަލް ހަރަކާތެއްގައި ހޯރްމުޒް ކަނޑުއޮޅިއަށް ވަންނަ ހިސާބުން "އެމެރިކާގެ އަސްކަރިއްޔާގެ އެންމެ ޒަމާނީ، ވިސްނުންތޫނު އަދި އިންސާނުންނާ ނުލައި ދުއްވާ ސަބްމެރިންތަކުގެ ތެރެއިން އެކަތި" އެ ގައުމުގެ ނޭވީ ފޯސްއިން އަތުލައިގަނެފައިވާ ކަމަށެވެ.

 

Related News