ދިވެހި|English Aug 24, 2026 · 08:47
Top banner
Advertisement
ބެޓެރި ސައިކަލް އޯލާގެ ހިއްސާ ދަށަށް
World

ބެޓެރި ސައިކަލް އޯލާގެ ހިއްސާ ދަށަށް

އއިބްރާހީމްް ސަމީރުOct 7, 2024
އިލެކްޓްރިކް ވެހިކަލް އުފައްދާ އޯލާ އިލެކްޓްރިކްގެ މާކެޓް ހިއްސާ ބަޖާޖް އޮޓޯ އާއި ޓީވީއެސް މޮޓޯއަށް ދަނީ ގެއްލެމުންނެވެ. ސެޕްޓެމްބަރު މަހު ބަޖާޖް އޮޓޯ އާއި ޓީވީއެސް މޮޓޯގެ މާކެޓް ހިއްސާ ގާތްގަނޑަކަށް 20 ޕަސެންޓް އިތުރުވެފައިވެއެވެ. މިކަން ދިމާވީ އޮލާ އިލެކްޓްރިކް އިން ދާދި ފަހުން 40،000 ރުޕީސް އާ ހަމައަށް ފެސްޓިވަލް ޑިސްކައުންޓާއެކު އެސް1 އެކްސް ސްކޫޓަރު ގެ ސޭލެއް ތައާރަފްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އޯލާ އިލެކްޓްރިކްގެ ހިއްސާ މިއަދު އަށް ޕަސެންޓް ދަށަށް ގޮސްފައިވާއިރު، މިއީ ފާއިތުވި ހަ ޓްރޭޑިން ސެޝަންގެ ތެރެއިން ފަސް ސެޝަނެއްގައި ދަށަށް ގޮސްފައިވާ ފަހަރެވެ. އަދި ސްޓޮކަށް ޖެހިޖެހިގެން ދަށަށް ދިޔަ  ތިން ވަނަ ދުވަހެވެ. އޮލާ އިލެކްޓްރިކް މިއަހަރުގެ އޮގަސްޓް މަހު ލިސްޓުކުރި  ފުރަތަމަ ހިއްސާގެ އަގަކީ 76ރުޕީސް އެވެ. މިހާރު އެ ކުންފުނީގެ މާކެޓް ހިއްސާ ބޮޑުތަނުން ދަށަށް ގޮސްފައިވެއެވެ.  އެ ކުންފުނީގެ ހިއްސާ މިހާރު ވަނީ 43 ޕަސެންޓް ދަށަށް ގޮސްފައެވެ.

Related News