ދިވެހި|English Sep 14, 2026 · 16:22
Top banner
Advertisement
ޕީއެންސީގެ ކޮންގްރެސް މާދަމާ، ނަމޫނާ ކޮންގްރެސްއަކަށްވާނެ
News

ޕީއެންސީގެ ކޮންގްރެސް މާދަމާ، ނަމޫނާ ކޮންގްރެސްއަކަށްވާނެ

މމުހައްމަދު އަލީSep 14, 2026

ވެރިކަންކުރާ ޕީއެންސީގެ ކޮންގްރެސް މާދަމާ ފަށާނެއެވެ. އެ ޕާޓީން ބުނެފައިވަނީ މިއީ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ފުރިހަމަ އަދި ނަމޫނާ ކޮންގްރެސްއަށްވާނޭ ކަމަށެވެ. ކޮންގްރެސް ކުރިއަށްދަނީ ސެޕްޓެމްބަރ ފަނަރައިން އަށާރައަށެވެ. ކޮންގްރެސް ކުރިއަށްދާނީ ސޯޝަލް ސެންޓަރުގައެވެ.

މި ޚާއްސަ ހަރަކާތުގައި ބައިވެރިވާ ގިނަ ބޭފުޅުން މިހާރުވަނީ މާލެއަށް ވަޑައިގެންފައެވެ. އެޕާޓީން ވަނީ ބައިވެރިންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

މި ކޮންގްރެސްގައި ޕީއެންސީގެ އެކި މަގާމްތަކަށް ބޭފުޅުން އިންތިޚާބު ކުރާނެއެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ ނާއިބު ރައީސްގެ މަގާމެވެ. ނާއިބު ރައީސުންނަށް ހަ ބޭފުޅަކު އިންތިޚާބު ކުރާނެއެވެ. އެމަގާމަށް އަށް ބޭފުޅަކު ވަނީ ކުރިމަތިލައްވައިފައެވެ. އޭގެތެރޭގައި މިނިސްޓަރުންނާއި މަޖިލިސް މެންބަރުން ހިމެނިވަޑައިގަންނަވައެވެ.

ބައެއް މަގާމްތަކަށް އެންމެ ބޭފުޅަކު ކުރިމަތި ލައްވާފައިވާތީ ވޯޓަކަށް ނުގޮސް ބައެއް މަގާމްތަކަށް ވަނީ ބޭފުޅުން ހޮވިފައެވެ. ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ ކަމަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ އެ މަގާމަށް މިހާރުވަނީ މިނިސްޓަރ ހީނާ ވަލީދު ހޮވިވަޑައިގެންފައެވެ. ނާއިބު ރައީސާގެ މަގާމަށް ހޮވިވަޑައިގެންފައިވަނީ އާމިނަތު ޙުސައިން ޝަރީފެވެ.

މީގެ އިތުން ޒުވާނުންގެ ހަރަކާތުގެ ރައީސް ކަމަށް އިބްރާހީމް އަބާންވަނީ ވޯޓަކާ ނުލައި ހޮވިފައެވެ. ނާއިބު ރައީސްގެ މަގާމަށް ވެސް ބޭފުޅަކުވަނީ ހޮވިފައެވެ. އެމަގާމަށް ހޮވިފައިވަނީ ޙަސަން ޝަހީދެވެ.

 

Related News