ދިވެހި|English Sep 16, 2026 · 09:20
Top banner
Advertisement
މުހިންމު ބަދަލުތަކާއެކު ޕީއެންސީގެ ގަވާއިދު ފާސްކޮށްފިޕީއެންސީގެ ކޮންގްރެސްގައި ބައިވެރިވާ ބައެއް މަންދޫބުން/ފޮޓޯ އެސްއެމް
News

މުހިންމު ބަދަލުތަކާއެކު ޕީއެންސީގެ ގަވާއިދު ފާސްކޮށްފި

މމުހައްމަދު އަލީSep 15, 2026

ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ މުހިންމު ބަދަލުތަކާއެކު ގަވާއިދު މިއަދު ފާސް ކޮށްފިއެވެ. މިގަވާއިދު ފާސްކުރީ ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސްގެ ދެވަނަ ދަންފަޅީގައެވެ.

މި ދަންފަޅީގައި އެއްހާސް ފަސްދޮޅަސް ހަތަރު މަންދޫން ބައިވެރިވިއެވެ. ގަވާއިދު ފާސްކޮށްފައިވަނީ މި އެންމެހާ މަންދޫބުންގެ އިއްތިފާގުންނެވެ. ގަވާއިދު ފާސްކުރަން ހުށަހެޅުމުގެ ކުރީން އޭގެ ތަފްސީލް ޕާޓީގެ އެސްޖީ މޫސާ ފަތުހީ ވަނީ ދެއްވައިފައެވެ. އޭނާ ވިދާޅުވީ މި ބަދަލުތަކަކީ އެ ޕާޓީގެ މެންބަރުންގެ އަދަދަށް ބެލުމަށްފަހު ގެންނަންޖެހޭ ބަދަލުތަކެއް ކަމަށެވެ. ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ޕާޓީގެ ކުރިއެރުމަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ހިމެނެއެވެ.

އެސްޖީ ވިދާޅުވީ މި ބަދަލުތަކާއެކު ޕާޓީގައި އިތުރު ހަރަކާތްތަކެއް އުފެދިގެންދާނެއެވެ. އޭގެ ތެރެއިން ދީނީ ޢިލްމުވެރިންގެ މަޖިލިސް އުފެއްދުމާއި، އަންހެނުންގެ ހަރަކާތް އުފެއްދުމާއި، ޒުވާނުންގެ ހަރަކާތް އުފެއްދުން ހިމެނެއެވެ. މީގެ އިތުރުން އިސް ރަށްވެހީންގެ ހަރަކާތާއި ޕާޓީގެ ހަރަކާތްތައް އިތުރު ކުރުމުގެ ގޮތުން ފަނަރަ މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފައްދާފައިވާ ކަމަވެސް އެސްޖީ ވިދާޅިވިއެވެ. މީގެ އިތުރުން ވެސް މުހިންމު އެތައް ބަދަލެއްވަނީ ގަވާއިދަށް ގެނެސްފައެވެ.

ޕީއެންސީގެ ދެވަނަ ދަންފަޅީގެ ރިޔާސަތު ބެލެހެއްޓެވީ ޕާޓީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲއެވެ.

 

Related News