އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ. މިއީ މަދީނާ އިސްލާމިކް ޔުނިވާސިޓީން ބާއްވާ ޚާއްސަ ކޮންފަރެންސެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
މި ކޮންފަރެންސްއަކީ "އެފޯޓް އޮފް ދި ކިންގްޑަމް އޮފް ސަޢުދީ ޢަރަބިއްޔާ އިން ކޮންފްރޮންޓިން އިންޓެލެކްޗުއަލް ޑިވިއޭޝަން" މި ނަމުގައި މަދީނާ އިސްލާމިކް ޔުނިވާސިޓީން އިސްނަގައިގެން ބާއްވާ ޚާއްސަ ކޮންފަރެންސެއް ކަމަށް އިސްލާމިކް މިނިސްޓްްރީން ވިދާޅުވެފައިވެއެވެ.
މި ކޮންފަރެންސްގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ތަޤްރީރު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.





