ދިވެހި|English Oct 5, 2026 · 12:04
Top banner
Advertisement
ޔަމަނުގެ ސަރުކާރުން ހޫޘީންނާ ދެކޮޅަށް އަސްކަރީ ބޮޑު ހަރަކާތެއް ފަށައިފި
World

ޔަމަނުގެ ސަރުކާރުން ހޫޘީންނާ ދެކޮޅަށް އަސްކަރީ ބޮޑު ހަރަކާތެއް ފަށައިފި

މމުހައްމަދު އަލީOct 5, 2026

ޔަމަނުގެ ސަރުކާރަނީ ސައޫދީގެ މަދަދުލިބިގެން ހިންގ ސަރުކާރެކެވެ. ހޫޘީންނަކީ އިރާންގެ މަދަދުލިބިގެން މަނުގައި އަމިއްލަ ވެރިކަމެއް ގާއިމްކޮށްގެން ވެރިކަން ކުރަމުންދާ ޖަމާއަތެކެވެ.

ޔަމަނުގެ ސަރުކާރުން މިފެށި އަސްކަރީ އޮޕަރޭޝަނުގައި ބޭނުންވަނީ ހޫޘީންގެ އަތްދަށުގައިވާ ބިންތައް އަތުލުމެވެ. "މިނިވަންކަމުގެ ހަނގުރާމަ" ގެ ނަމުގައި ފެށި އަސްކަރީ އޮޕަރޭޝަނުގައި ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައިވާ ޔަމަންގެ ވެރިރަށް ސަނާއާގައިވާ ކާރުޚާނާއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މި ހަނގުރާމައާ ބެހޭ އިތުރު ތަފްސީލް އަދީ ސާފެއް ނުވެއެވެ. ހޫޘީން ދަނީ އިސްރާއީލާއި އެމެރިކާ ގުޅިގެން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އީރާނަށް ވަރަށްބޮޑަށް ވާގިވެރިވަމުންނެވެ.

 

Related News