ދިވެހި|English Oct 11, 2026 · 11:59
Top banner
Advertisement
ލޭ އޮހުރުވުންތަކުން ފައިދާ ލިބޭނީ ބައިބައިވުންތަކުން މަންފާ ހޯދާ ފަރާތްތަކަށް: ޑރ. ޚަލީލް
News

ލޭ އޮހުރުވުންތަކުން ފައިދާ ލިބޭނީ ބައިބައިވުންތަކުން މަންފާ ހޯދާ ފަރާތްތަކަށް: ޑރ. ޚަލީލް

ޟޟަމްރަތު އަހްމަދުOct 11, 2026

ލޭ އޮހޮރުވުންތަކުން ފައިދާ ލިބެނީ ހަމައެކަނި ބައިބައިވުންތަކުން މަންފާ ހޯދާ ފަރާތްތަކަށް ކަމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓަށް ހޫތީން ދިން މިސައިލް ހަމަލާ ކުށްވެރި ކުރައްވައި އެކްސްގައި ކުރެއްވި ޓުވީޓެއްގައެވެ. އެ ހަމަލާގައި 12 މީހަކު ވަނީ މަރުވެފައެވެ. 300 އަށްވުރެ ގިނަމީހުން ވަނީ ޒަޚަމްވެފައެވެ.

"އާންމުން ދަތުރުކުރާ ވައިގެ ބަނދަރަކަށް ދިން މިފަދަ ޓެރަރިސްޓް ހަމަލާއަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ އަދި ދެއްކޭނެ އުޒުރެއް އޮތް ކަމެއް ނޫނެވެ." އެކްސްގައި ޑރ. ޚަލީލް ވިދާޅުވެފައިވެއެވެ.

ޑރ. ޚަލީލް ވިދާޅުވެފައިވަނީ އިސްލާމީ އުއްމަތް މިވަނީ ބޭރުގެ ފަރާތްތަކެއްގެ ސަބަބުން ނުރައްކާތެރި ހަނގުރާމައެއްގެ ތެރެއަށް ވައްދާފައި ކަމަށެވެ. " އިސްލާމީ އުއްމަތް މިވަނީ ސަރަހައްދީ މަސްރަހުގެ ސަބަބުންނާއި، މެދުއިރުމަތި ހަލަބޮލިކޮށް އެމީހުންގެ ނުފޫޒު ފުޅާކުރުމަށް މަސައްކަތްކުރާ ބޭރުގެ ފަރާތްތަކެއްގެ ސަބަބުން ނުރައްކާތެރި ހަނގުރާމައެއްގެ ތެރެއަށް ވައްދާފައެވެ." އޭނާ ވިދާޅުވެފައިވަނީ މިއީ ސަރަހައްދީ ޤައުމުތަކުގެ މެދުގައި ކުރެވޭ ހަނގުރާމައެއް ނޫނެވެ.

މިއީ ހަނގުރާމައާއި ހަމަނުޖެހުން ތަކުގެ ބަދަލުގައި އެކުވެރިކަން އިސްކުރަންޖެހިފައިވާ ވަގުތު ކަމަށް ވެސް ޑރ. ޚަލީލް ވިދދާޅުވިއެވެ.

"ދެމެހެއްޓެނިވި އަދި އިންސާފުވެރި ހައްލަކަށް ވާސިލްވުމަށް އޮތް ހަމައެކަނި ގޮތަކީ އިސްލާމީ ޤައުމުތައް ގުޅިގެން ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތްކުރުމެވެ،" ޑރ. ޚަލީލް ވިދާޅުވެފައިވެއެވެ.

Related News