ދިވެހި|English Oct 11, 2026 · 12:37
Top banner
Advertisement
ހޫތީންގެ ހަމަލާއަށް ވަރުގަދަ ރައްދެއް ދޭނަން: ކޯލިޝަން
World

ހޫތީންގެ ހަމަލާއަށް ވަރުގަދަ ރައްދެއް ދޭނަން: ކޯލިޝަން

ޟޟަމްރަތު އަހްމަދުOct 11, 2026

ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި އޮންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއަރޕޯޓަށް ހޫޘީން ދިން ހަމަލާގެ ބަދަލު ހިތިގޮތަކަށް ހިފާނޭ ކަމަށް ސަޢުދީ ކޯލިޝަނުން ބުނެފިއެވެ.

މި ކޯލީޝަނަކީ ޔަމަނުގެ ޤާނޫނީ ސަރުކާރަށް ތާއީދުކުރާ ކޯލިޝަނެކެވެ. ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއަރޕޯޓަށް ހޫޘީން ދިން މިސައިލް ހަމަލާގައި 12 މީހަކު ވަނީ މަރުވެފައެވެ. އޭގެ އިތުރުން 309 މީހަކު ވަނީ ޒަޚަމް ވެފައެވެ.

ހޫތީންގެ ހަމަލާއާ ބެހޭގޮތުން ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރްކީ އަލް-މާލިކީ ވިދާޅުވީ މިއީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފަށް ހިންގާފައި ޖަރީމާއެއް ކަމަށެވެ. އެހެން ކަމުން ހޫތީން މި ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ވަރަށް ހަރުކަށިކޮށް ރައްދު ދޭނޭ ކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ޙަމަލާއަށްފަހު ވިދާޅުވީ މިއީ "ބަލައިގަނެވޭނެވަރުގެ ކަމެއް ނޫން" ކަމަށެވެ. ޓްރަމްޕުގެ އިތުރުން އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވެސް ވަނީ މިއީ ކުށެއްނެތް އާންމުންގެ ފުރާނައަށް އެއްވެސް ހުރުމަތެއް ނުބަހައްޓާކަމުގެ ހެއްކެއް ކަމަށެވެ.

ހޫތީންގެ މިހަމަލާއަށްފަހު އެއަރޕޯޓްގެ އޮޕަރޭޝަންތައް ވަނީ ވަގުތީގޮތުން މެދުކަނޑާލައިފައެވެ. މީގެ ސަބަބުން ފްލައިޓްތަކެއް ވަނީ ކެންސަލްކޮށްފަ އެވެ.

Related News