ދިވެހި|English Oct 11, 2026 · 17:53
Top banner
Advertisement
ރަސްމާލެ މަޝްރޫޢު ނުހުއްޓުވޭނެ: ޢަބްދުއްރަޙީމް
News

ރަސްމާލެ މަޝްރޫޢު ނުހުއްޓުވޭނެ: ޢަބްދުއްރަޙީމް

މމުހައްމަދު އަލީOct 11, 2026

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޢަބްދުއްރަހީމް ވިދާޅުވެފައިވަނީ  މާތްاللهގެ ތަނަވަސް ރަޙުމަތްފުޅުން ރަސްމާލޭގެ މަޝްރޫޢު ނުހުއްޓުވޭނެ. އިރާދަކުރެއްވިއްޔާ ރައީސް ޑޮކްޓަރ މުޢިއްޒުގެ ވެރިކަމުގައި ލަހެއްނުވެ މި ބިޔަ މަޝްރޫޢު ފެށިގެންދާނެ،" ކަމަށެވެ.

މި މަޝްރޫޢު ކުރިއަށްދާނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތީން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި މަޝްރޫޢުގެ ފުރިހަމަ ފައިދާ މުސްތަގުބަލުގައި ފެނިގެންދާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ދިވެހީން ބޭނުންވަނީ ހަމަޖެހުން،ރައްކާތެރިކަން،ތަރައްގީ ޝިޢާރަކީ އެންމެ ފުރަތަމަ ޤައުމު،" އޭނާ ވިދާޅުވިއެވެ.

މި ޕޯސްޓުގައި ޢަބްދުއްރަހީމް ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. "ޔާމީނުގެ ވެރިކަމުގައި ސައުދީގެ ކުންފުންޏަކުން ފ.އަތޮޅުގައި ހިންގަން އުޅުނު މަޝްރޫޢު ހުއްޓުވަން އެމް.ޑީ.ޕީ އިސްވެ އޭރު ކުރި މަސައްކަތާ ރަސްމާލޭގައި ޔޫއޭއީގެ ކުންފުންޏަކުން ހިންގަން މި އުޅޭ ބިޔަ މަޝްރޫޢަށް ހުރަސް އެޅުމަށް މިއަދު ރައީސް ޔާމީނު އިސްވެހުރެ އެމްޑީޕީއާ ގުޅިގެން ކުރަމުން އެ ގެންދާ މަސައްކަތާ ހުރީކޮން ތަފާތެއްތޯ؟ އޭރު އެ ދެއްކެވި ވާހަކަޔާ މިއަދު އެ ދައްކަވާ ވާހަކަޔާ ދިމާވަނީ ކިހާވަރަކަށްތޯ؟ އޭރު ވިދާޅުވީ އެމްޑީޕީ ވެރިކަމުގެ ދަހިވެތި ކަމުގައި ގައުމާ ރައްޔިތުންނަށް ޣައްދާރުވީކަމަށް. މިއަދު ހަމަ އެ ދަހިވެތިކަމުގައި އެ މަނިކުފާނަށް އެ ޣައްދާރުވެވެނީ ގައުމާ ރައްޔިތުންނަށް ނޫންތޯ،"؟

ވެރިކަމުގެ ދަހިވެތިކަމުގައި ރައީސް ޔާމީނަށް ކުރެއްވެވޭ ނުކުރެއްވޭކަމެއް އަދި ދެއްކެވޭ ނުދެއްކެވޭ ވާހަކަފުޅެއް އެނގިވަޑައި ނުގަންނަ ހިސާބަށް ދިޔައީތޯ ޢަބްދުއްރަޙީމް ވަނީ ސުވާލު ކުރައްވައިފައެވެ.

ދިވެހި ރައްޔިތުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާވަރަށްވުރެ މާ ބޮޑަށް ތަޞައްރުފު ފުދިފައި ތިބި މާ ހަރުދަނާ ބައެއް ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވެފައިވެއެވެ. އަދި ޤައުމާމެދު ފިކުރުކޮށް ރަނގަޅާއި ނުބައި ވަކިކުރަން ދަންނަ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

Related News