އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި އިމްރާން ވިދާޅުވެފައިވަނީ އެފަދަ ކަންކަމުން ދިވެހީން މިގައުމު ސަލާމަތް ކުރާނޭ ކަމަށެވެ. "މާތް اللهގެ ވާގިފުޅާއެކު އަޅުގަނޑުމެން މި ދިވެހި އުންމަތް ސަލާމަތްކުރާނަން،" އޭނާ ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ހައުސިން މިނިސްޓަރ ޢަބްދުﷲ މުއްތަލިބަށް ބޮޑު ތުހުމަތެއް ކުރައްވައިފައެވެ. އިމްރާން ވިދާޅުވެފައިވަނީ އެ ދެބޭފުޅުން މަސައްކަތް ކުރައްވަނީ އަމިއްލަ މުއްސަނދިކަން އިތުރު ކުރެއްވުމަށް ކަމަށެވެ. "ރައީސް މުއިއްޒާއި އޭނާގެ ވަޒީރު މުއްތަލިބުގެ އަމިއްލަ ޒާތީ މުއްސަނދިކަން އިތުރުކުރަން، ދިވެހި ބިމާއި ކަނޑުފަޅާއި މުޅި ދިވެހި ދައުލަތް ޒައިނިސްޓުންނަށް ތާއަބަދަށް ހިބަކޮށްދޭތަން ބަލަން ރުހިގެން ދިވެހިން ނުތިބޭނެ،" ކަމަށެވެ.





