ދިވެހި|English Oct 12, 2026 · 18:50
Top banner
Advertisement
ދުނިޔޭގެ ހަކަތައިގެ މަގުތައް އެއްވެސް ގައުމަކަށް އެކަނި ހިމާޔަތް ނުކުރެވޭނެ: އަރަމްކޯ
World

ދުނިޔޭގެ ހަކަތައިގެ މަގުތައް އެއްވެސް ގައުމަކަށް އެކަނި ހިމާޔަތް ނުކުރެވޭނެ: އަރަމްކޯ

އއަހުމަދު މުހައްމަދުOct 12, 2026

ދުނިޔެ ބަރޯސާވެފައިވާ ހަކަތައިގެ އުމްރާނީ ވަޞީލަތްތަކާއި ސަޕްލައި ރޫޓުތައް ރައްކާތެރިކުރުމަކީ ބައިނަލްއަޤްވާމީ ފަރާތްތައް ގުޅިގެން ކުރަންޖެހޭ ކަމެއް ކަމަށް އަރަމްކޯގެ ސީއީއޯ އަމީން ނާޞިރު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އެކަމަކީ ކިތަންމެ ބޮޑު ގާބިލްކަމެއް ލިބިފައިވާ ގައުމަކަށްވިޔަސް އެކަނިމާއެކަނި އެ މަގުތައް ހިމާޔަތް ނުކުރެވޭނޭ ކަމަށެވެ.

ރިޔާދުގައި ބޭއްވި 25 ވަނަ ޑަބްލިޔު.ޕީ.ސީ އެނަރޖީ ކޮންގްރެސް ގައި ވާހަކަފުޅުދައްކަވަމުން، ނާޞިރު ވިދާޅުވީ ސަޕްލައިތައް ރައްކާތެރިކުރުމަށް ސަޢުދީ ޢަރަބިއްޔާއިން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަމަށެވެ.

އޭނާ މިހެން ވިދާޅުވީ ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް ނަގަން އެމެރިކާއާއި އީރާނުން ހިފަމުންދާ ވަގުތެއްގައެވެ.

 

Related News