ރަސްމާލެއިން ބައެއް 99 އަހަރަށް ބޭރުގެ ވިޔަފާރި ކުންފުންޏަކަށް ކުއްޔަށްދޭން ސަރުކާރުން ނިންމުމުމުން އެކަމާ ގުޅިގެން ރައްޔިތުން ކުރާ ސުވާލުތަކަށް ސަރުކާރުން ޖަވާބުދާރީވާންޖެހޭނޭ ކަމަށް ވިދާޅުވެ އެކްސްގައި ޑރ. ޚަލީލް ކުރެއްވި ޕޯސްޓަކަށް މީހަކު ކޮށްފައިވާ ކޮމެންޓަކަށް ޖަވާބު ދެއްވަމުން ޑރ. ޚަލީލް ވިދާޅުވީ "އެކުވެރިޔާގެ މަޢުލޫމާތު ރަނގަޅުކޮށްލައްވާ! އަޅުގަނޑު ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު މި ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ޙިއްސާ ކޮށްފައެއް ނެތް. އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟"
ޚަލީލް ވިދާޅުވެފައިވަނީ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެންނަން ޖެހޭ ކަމަށެވެ. އެއާ ގުޅިގެން ރައްޔިތުން ކުރާ ސުވާލުތަކަށް ސަރުކާރުން ޖަވާބު ދޭންޖެހޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދޭން ސަރުކާރުގެ ވެރިން ދެކޮޅު ހައްދަވަނީތޯ ވިދާޅުވެ ޑރ. ޚަލީލް ވަނީ "އެކުވެރިޔާ" އާ ސުވާލު ކުރައްވައިފައެވެ.





