ދިވެހި|English Oct 16, 2026 · 22:27
Top banner
Advertisement
މާލޭގެ ކަންކަމަށް ސަރުކާރުން ގޮތްކިޔުމަކީ ބަލައިގަނެވޭނޭ ކަމެއްނޫން: ފައްޔާޒު
News

މާލޭގެ ކަންކަމަށް ސަރުކާރުން ގޮތްކިޔުމަކީ ބަލައިގަނެވޭނޭ ކަމެއްނޫން: ފައްޔާޒު

މމުހައްމަދު އަލީOct 16, 2026

މާލޭގެ ކަންކަން ނިންމަން މާލޭގެ ރައްޔިތުން ވޯޓުން ހޮވި ކައުންސިލެއް އޮއްވައި ސަރުކާރުން ގޮތް ކިޔުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ މާލޭސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް 14 ބިމެއް ސަރުކާރަށް ނެގުމުންނެވެ.

ފައްޔާޒު ވިދާޅުވ ޕީއެންސީން ބޭނުންވަނީ ރައްޔިތުން އަޅުވެތިކޮށް ސަލާން ޖައްސުންވަން ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ތަރައްގީ ގުޅިފައިވަނީ ބާރުތައް ދޫކޮށްލުމާ ކަމަށެވެ. އެކަން ކުރާނީ އެހެން ޕާޓީއަކުން ނޫން ކަމަށާއި ސީދާ އެމްޑީޕީން ކަމަށެވެ.

ފައްޔާޒު ވަނީ ރައީސް ޑރ. މުޢިއްޒަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. "ރައީސް މުއިއްޒުއަކީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނެއް ނޫން، އެއީ ލާމަރުކަޒީ ނިޒާމުގެ އެންމެ ބޮޑު ދުޝްމަނު. ހައުސިން މިނިސްޓަރަކަށް ހުންނަވައި ސިޓީ ކައުންސިލަށް ހެއްދެވި ގޮތުން އެކަން ސާފުވާނެ. މޭޔަރަކަށް ހުންނަވައި ބޭނުންވީ ހުރިހާ ބަރެއް. ވެރިކަމަށް އައިސް ފަހަރަކު ބާރެއް އަތުލައްވަމުން ގޮސް މިއަދު އެ އަތުލީ ވެރި ރަށުގައި ހުރި ހުރިހާ ބިމެއް،" އޭނާ ވިދާޅުވިއެވެ.

 

Related News