ދިވެހި|English Oct 18, 2026 · 03:39
Top banner
Advertisement
ސައުވީސް ގަޑިއިރުތެރޭގައި ހޫޘީންގެ އަށްސަތޭކަ ހަނގުރާމަވެރީން ވަރުވެއްޖެ
World

ސައުވީސް ގަޑިއިރުތެރޭގައި ހޫޘީންގެ އަށްސަތޭކަ ހަނގުރާމަވެރީން ވަރުވެއްޖެ

އއަހުމަދު މުހައްމަދުOct 17, 2026

މި ހަމަލާތަކުގައި ގާތްގަނޑަކަށް 800 ހަނގުރާމަވެރިން މަރުވެ ނުވަތަ ޒަޚަމްވެފައިވާ ކަމަށާއި، އަސްކަރީ 190 އަށްވުރެ ގިނަ އުޅަނދާއި އެހެނިހެން ތަކެތި ހަލާކުކޮށްލާފައިވާ ކަމަށް ޔަމަނުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.

"ޑޯން އޮފް ޔަމަން" (ޔަމަނުގެ ފަތިސް) އޮޕްރޭޝަނާ ބެހޭގޮތުން ނެރުނު ބަޔާނެއްގައި އަސްކަރީ ތަރުޖަމާނު ވިދާޅުވީ، މި އޮޕްރޭޝަންތަކުގައި ހަނގުރާމަވެރި ބޯޓުތަކާއި، ޑްރޯންތަކާއި، ފރޮކެޓް ލޯންޗަރުތައް ބޭނުންކޮށްފައިވާ ކަމަށެވެ.

އީރާނުގެ މަދަދުވެރިކަމާއެކު ހިންގާ ހޫޘީ ޖަމާއަތާ ދެކޮޅަށް ދެމުން ގެންދާ ހަމަލާތަކާ ބެހޭގޮތުން ތަރުޖަމާނު ވިދާޅުވީ މި ހަމަލާތައް އަމާޒުކޮށްފައިވަނީ ހޫޘީންގެ އެއްވުންތައް ބާއްވާ ތަންތަނަށާއި، ސަލާމަތީ ފިޔަވަޅު ވަރުގަދަ ކޮށްފައިވާ މަޤާމުތަކަށާއި، ބަޑިޖަހާ ސަރަހައްދުތަކަށާއި، އާމަންޑް ވެހިކަލްތަކަށާއި، ހަނގުރާމައިގެ ސާމާނުގެ އިތުރުން ޑްރޯން ލޯންޗުކުރާ ތަންތަނަށް ކަމަށެވެ.

މި އޮޕްރޭޝަންތަކުގެ ސަބަބުން ހޫޘީންގެ ހަރަކާތްތަކަށް ހުރަސްއެޅި، ހަނގުރާމައިގައި ކުރިއަށް ދިއުމަށްކުރަމުންދާ މަސައްކަތަކަށް ވަރަށްބޮޑަށް ހުރަސް އަޅާފައިވާ ކަމަށް ޔަމަނުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

އިރުމަތީގެ ފްރަންޓުގައި ޔަމަނުގެ ސިފައިން ވަނީ ހޫޘީން ތިބި މަގާމްތަކަށް ހަމަލާދީ އެތަންތަން ޔަމަނުގެ އަސްކަރިއްޔާގެ ކޮންޓްރޯލް ދަށަށް ގެނެސްފައި ކަމަށްވެސް ބުނެފައިވެއެވެ.

Related News