ދިވެހި|English Oct 18, 2026 · 14:26
Top banner
Advertisement
ފެންނަންހުރީ ސައީދު ނުކުމެހުރީ އެންމެންގެ ސަލާމަތަށް!ސައީދު ހަޅުތާލުގައި/ފޮޓޯ އެސްއެމް
News

ފެންނަންހުރީ ސައީދު ނުކުމެހުރީ އެންމެންގެ ސަލާމަތަށް!

މމުހައްމަދު އަލީOct 18, 2026

އެހެންނަމަވެސް އިއްޔެއިން ފެށިގެން އޭނާ ގެންދަވަނީ ހައިހޫނުކަމުގެ ހަޅުތާލެއް ކުރައްވަމުންނެވެ. މި ހަޅުތާލު އޭނާ ފަށްޓަވައިފައިވަނީ ހެންވޭރު ޕޮލިސް ސްޓޭޝަނުގައެވެ. އެހެންނަމަވެސް އޭނާ އެތަނުން ނެރުމުން މިހާރު މަޖީދީމަގުގައި ދަނީ ހަޅުތާލު ކުރަމުންނެވެ.

ސައީދު މި ހަޅުތާލު ފެށީ ސަރަހައްދުގެ މީހުންނަށް އުނދަގޫ ކުރާ މީހެއްގެ މައްސަލައެއް ހައްލު ނުވެ އަހަރަކަށްވުރެ ގިނަވުމުންނެވެ. ސައީދު ވިދާޅުވީ މިކަމާ ފިޔަވަޅެއް އެޅޭނޭ އެއްވެސް މުއައްސަސާއެއް މިގައުމުގައި ހުރިކަމަށް ނުވާކަމަށެވެ. އެހެންކަމުން މިއީ ފޭލި ވެފައިވާ ސިސްޓަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން އެ މައްސަލައަށް ހައްލެއް ލިބެންދެން ހަޅުތާލު ކުރިއަށް ގެންދާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ސައީދާ ބައްދަލު ކޮށްފައެވެ. ސައީދު ވަނީ ވެގެން އުޅޭ ގޮތް މިނިސްޓަރަށް ސާފު ކޮށްދެއްވައިފައެވެ. މީގެ އިތުރުން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ ސައީދާ ބައްދަލުކުރައްވައިފައެވެ.

ސައީދުގެ ހަޅުތާލާ ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ "ވަކި މަގުސަދެއް ހާސިލުކުރުމަށް، ފުލުހުންގެ މަރުކަޒެއްގައި ހަޅުތާލުކުރުމުގެ ފުރުސަތު ނުދެވޭނެ. އެހެންނަމަވެސް އޭނާގެ ކަންބޮޑުވުންތަކަށް އެޑްރެސް ކުރުމަށްޓަކައި ޤާނޫނީ އިމުގެތެރެއިން ފުލުހުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ. އަދި އެހެން މުއައްސަސާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުން ކޮށްދޭނެ،" ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަވަށްޓެރިންނަށް އުނދަގޫކުރާ މީހާ މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭނާ ފުލުހަށް ގެންދިޔައީ ސައީދުގެ ހަޅުތާލަށް ދިހަވަރަކަށް ގަޑިއިރުވި ފަހުން ކަމަށް އެނގިފައިވެއެވެ.

ފޭސްބުކުގައި ސައީދު އާންމުކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމީހާއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމަށެވެ. ސައީދު ދިރިއުޅޭ ސަރަހައްދުގެ އާންމުންނަށް އެމީހާގެ ފަރާތުން ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާތާ ދޮޅު އަހަރު ވެފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެމީހާ ދަނީ ކަށިމާ ހިނގުމާއި ދޫހިމެރިމަގުން ހިނގާފައިދާ މީހުންނާ ދިމާއަށް ހަޑިހުތުރު ބަހުން ހަޅޭއްލަވަމުން ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ. އޭގެ އިތުރުން މަގު ބަންދު ކުރަން ބޭނުންކުރާ ބޯޑުތަކާއި ބައިސްކަލްތައް ބޭނުންކޮށްގެން ދުއްވާ މިހުންނަށް ހުރަސް އެޅުމާއި ގޭގެއަށް ކުނި އެޅުމާއި ބެލްކަނީން މީހުން ގަޔަޔަށް އެއްޗެހި އުކުމާއި ދެ ނަމާދު ދޭތެރެއިން ފެށިގެން ފަތިސްވަންދެން ބާރަށް ހަޅޭއްލެވުމާއި، ހުއްދަނެތި އިމާރާތްތަކަށް ވަނުންފަދަ އަމަލުތައް މިމީހާ ހިންގާ ކަމަށް ސައިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މައްސަލަތައް ފުލުހަށް ހުށަހެޅި ކަމަށެވެ. އެހެންނަމަވެސް ހެއްކާއެކީ ހުށަހެޅި މިމައްސަލައަށް ހައްލެއް ނައިސް ރައްޔިތުން ރައްކާތެރިކޮށްދިނުމުގައި މުއައްސަސާތައް ނާކާމިޔާބުވެފައި ކަމަށްވާ އޭނާ ވިދާޅުވިއެވެ. މިމައްސަލަ ހައްލުކޮށްދެއްވުމަށް އެދި ހަޅުތާލު ކުރަމުންދަނީ ސައީދު އެކަންޏެވެ. އެހެންނަމަވެސް އެއީ މުޅި މުޖުތަމައަށްޓަކައި އޭނާ ކުރާ ކަމެކެވެ.

 

Related News