ދިވެހި|English Oct 18, 2026 · 14:27
Top banner
Advertisement
ފަންސަތިރީސް ގަޑިއިރަށްފަހު ހައިހޫނު ކަމުގެ ހަޅުތާލު ނިންމާލައިފިސައީދު/ފޮޓޯ އެސްއެމް
News

ފަންސަތިރީސް ގަޑިއިރަށްފަހު ހައިހޫނު ކަމުގެ ހަޅުތާލު ނިންމާލައިފި

މމުހައްމަދު އަލީOct 18, 2026

ފަންސަތިރީސް (35) ގަޑިއިރަށްފަހު ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ނިންމާލައިފި ކަމަށް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. "ތިރީސް ފަސް ގަޑިއިރު ފަހުން އަހަރެން މިވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލަން ނިންމާފައި،" އޭނާ ވިދާޅުވިއެވެ.

ދިމާވި މައްސަލާގައި ކުރިއަށްއޮތްތަނުގައި ވެސް ކަމާބެހޭ ފަރާތްތަކުގެ ތާއީދު ލިބޭނޭ ކަމަށް ޔަގީން ކުރައްވާ ކަމަށްވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަޢީދު ވިދާޅުވެފައިވެއެވެ. މި ކަމުގައި ހޯމް މިނިސްޓަރު އަލީ އިހްސާން ދެއްވި އެއްބާރުލުމަށްޓަކައި އޭނާއަށް ޝުކުރު ދަންނަވާ ކަމަށް ވެސް ސަޢީދު ވަނީ ވިދާޅުވެފައެވެ. "މި ކޮމިޓްމަންޓްތައް ކުރިއަށް ގެންދޭތޯ އަޅުގަނޑު ބަލަމުންދާނަން،" އޭނާ ވިދާޅުވިއެވެ.

މި ހަޅުތާލުގައި ސަޢީދާއެކު ދެގޮތެއް ނުވެތިބީ އޭނާގެ އާއީލާގެ މެންބަރުންނެވެ. އެހެން ކަމުން އާއިލާއަށް ވެސް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިކަމަށް މީހުން ހޭލުންތެރި ކުރުވުމަށް ހަރަކާތްތެރިވި މީޑިއާ އަށް ވެސް ސަޢީދު ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ. މީގެ އިތުރުން މަޖިލިސް މެމްބަރު އިސްމާޢީލް ނިޒާރަށްވެސް ސަޢީދު ވަނީ ޝުކުރު ދަންނަވައިފައެވެ.

 އޭނާ ވިދާޅުވީ މި މައްސަލާގައި ކުރިން ފުލުހަށް ހުށަހަޅާފައިވާ މައްސަލަތައް އަލުން ބަލައި މިހާތަނަށް ހުށަހަޅަން ބޭނުންވެ ހުށަނޭޅިފައިވާ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު ހޯމް މިނިސްޓަރ ވަނީ ދެއްވާފައި ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި މިކަމުގައި ޕީޖީގެ އެހީތެރިކަން ވެސް ލިބޭނޭ ކަމަށް ޕީޖީ ވިދާޅުވެފައިވާ ކަމަށް ސަޢިދު ވަނީ އުންމީދާއެކު ވިދާޅުވެފައެވެ.

މި ހަޅުތާލު ސަޢީދު ފެށްޓެވީ އޭނާ އުޅޭ ސަރަހައްދުގެ މީހުންނަށް ކެނޑިނޭޅި ދުއްތުރާ ކުރަމުންދިޔަ މީހެއްގެ މައްސަލަ ހައްލުނުވެ ދޮޅު އަހަރު ފާއިތުވުމުން އެކަމަށް ހައްލެއް ހޯދުމުގެ ބޭނުމުގައެވެ.

Related News