ދިވެހި|English Oct 21, 2026 · 19:05
Top banner
Advertisement
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނާއިބު ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
News

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނާއިބު ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޟޟަމްރަތު އަހްމަދުOct 21, 2026

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ ތާރީޚީ މުނާސަބު ވަގުތާކަން ފާހަގަކުރެއްވިއެވެ .

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާކިސްތާނުން އެރުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެޤައުމުގެ ގުޅުން، އެކި ދާއިރާތަކުން، އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގައި ދެ ޤައުމުން ހިއްސާކުރާ އިސްލާމީ އަޤީދާއަކީ މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބުގެ ވާހަކަފުޅުގައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޕާކިސްތާނުން މަސައްކަތްކުރާނޭކަމުގެ ޔަޤީންކަން އެރުވިއެވެ. އެގޮތުން މިއަދު ސޮއިކުރެވޭ މެމޮރަންޑަމް އޮފް އަންޑަސްޓޭޑިންތަކަކީ މިކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅަކީ އެޤައުމުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

Related News