ދިވެހި|English Oct 21, 2026 · 19:03
Top banner
Advertisement
ޅައިމަގަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު  ހައްޔަރުކޮށްފި
News

ޅައިމަގަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހިރި ނިއުސްހިރި ނިއުސްOct 21, 2026

ފުލުހުން ވިދާޅުވީ މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ޅައިމަގު ވީނަސްގޭ، ރިޟްވާން ޙަމީދު ކަމަށެވެ.

 އޭނާ އަތުލައިގަތީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ. އެދުވަހު ޅައިމަގު ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 1.6 ގުރާމެވެ. 

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.


Related News