އަބްރަހަމް އެކޯޑުގައި ސޮއިކުރިތާ ހަ އަހަރު ފަހުން އިޒުރޭލުގައި 15 ބުރީގެ އެމްބަސީ ކޮމްޕްލެކްސްއެއް އެޅުމަށް ކެހިވެރި ޢަރަބި ޢިމާރާތުން ފާސްކޮށްފިއެވެ.
ތައްލު އަބީބު ކައިރީގައި އޮންނަ ހަރުޒުލިޔާގައި، ކެހިވެރި ޢަރަބި ޢިމާރާތުގެ ދާއިމީ އެމްބަސީ ކޮމްޕްލެކްސްއެއް 15 ބުރިއަށް ޢިމާރާތްކުރުމުގެ ތަދުބީރުތަކަށް އިޒުރޭލުންވެސް ވަނީ ރުހުންދީފައެވެ. އެއީ 2020 ވަނަ އަހަރުގެ އަބްރަހަމް އެކޯޑްސްގެ ދަށުން ގާއިމްކުރި ޑިޕްލޮމެޓިކް ގުޅުންތަކުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮޖެކްޓެއް ކަމަށް ޚަބަރުލިބެއެވެ.
ފާސްކޮށްފައިވާ އެމްބަސީ ކޮމްޕްލެކްސް ޢިމާރާތުގައި ޑިޕްލޮމެޓިކް އޮފީސްތަކާއި، ކެހިވެރި ޢަރަބި ޢިމާރާތުގެ ސަފީރާއި، އެމްބަސީގެ މުވައްޒަފުން ދިރިއުޅޭނެ ތަންތަންވެސް ހިމެނެއެވެ. މި މަޝްރޫޢަށް 15،000 އަކަމީޓަރުގެ ސަރަޙައްދެއް ހަމަޖައްސާނެ ކަމަށް "ތެލްއަވީވް ޑިސްޓްރިކްޓް ޕްލޭނިންގ އެންޑް ބިލްޑިންގ ކޮމިޓީއިން" ހާމަކޮށްފައިވެއެވެ.
ކޮންމެއަކަސް އިޒުރޭލުން މި ޕްރޮޖެކްޓަށް ރުހުން ދީފައި ވަނީ ދާދިފަހުން ފްލައިދުބާއި ފްލައިޓުގައި ހިނގި ޙާދިސާއަކާ ގުޅިގެން އަބޫދާބީއާއި، ތެލްއަވީވްއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ރިޕޯޓްތައް ބުނާ ދަނޑިވަޅެއްގައެވެ. މި ޕްރޮޖެކްޓުގެ މަސައްކަތް ފަށާނެ ދުވަހަކާއި އަދި ހުޅުވާނެ ތާރީޚެއް އަދި މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.





