ދިވެހި|English Oct 22, 2026 · 12:50
Top banner
Advertisement
ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ވަރުގަދަ ރައްދެއް ދޭންޖެހިދާނެ: އީރާން
World

ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ވަރުގަދަ ރައްދެއް ދޭންޖެހިދާނެ: އީރާން

އއަހުމަދު މުހައްމަދުOct 22, 2026

އުތުރު ޚަލީޖު އަރަބި ކަނޑުގައި ޤާނޫނާ ޚިލާފަށް ތެޔޮ އުފުލުމުގައި ހަރަކާތްތެރިވި ހަތަރު އުޅަނދަކަށް އީރާނުގެ ރިލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ކަނޑުގެ ސިފައިން އެއްފަހަރާ ހަމަލާދީފިއެވެ. މި ހަމަލާގައި އެ އުޅަނދުފަހަރުގައި އަލިފާން ރޯވެ ގެއްލުންތައް ލިބިފައިވާ ކަމަށް އައި.އާރު.ޖީ.ސީ އިން ވަނީ ބުނެފައެވެ.  އީރާނުން ތުހުމަތުކުރާ ގޮތުގައި މިއީ އެމެރިކާގެ އަމަލެކެވެ.

މީގެ އިތުރުން ހުރްމުޒް ކަނޑުއޮޅީގެ ހުޅަނގު ފަރާތުގައި އިތުރު ތިން ބޯޓެއް ވަނީ މައިންގައި ޖެހި އެކްސެޑެންޓްވެފައި ކަމަށް ވެސް އީރާނުން ވަނީ ބުނެފައެވެ.

އެމެރިކާގެ އަސްކަރިއްޔާއިން މިފަދަ ކަންކަން ތަކުރާރުކޮށް ހިންގަމުންދާނަމަ، ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދައަށް ހަމަލާދޭން ޖެހިދާނޭ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ އެމެރިކާއަށް ދީފައެވެ.

 

Related News