ދިވެހި|English Oct 24, 2026 · 18:19
Top banner
Advertisement
އިޒްރޭލަށް ބޭނުންވާ ދިފާއީ މިސައިލް ގަތުމަށް އެމެރިކާއިން އެގާރަ ބިލިއަން ޑޮލަރު ޚަރަދު ކޮށްފައިވޭ: އަރާޤްޗީ
World

އިޒްރޭލަށް ބޭނުންވާ ދިފާއީ މިސައިލް ގަތުމަށް އެމެރިކާއިން އެގާރަ ބިލިއަން ޑޮލަރު ޚަރަދު ކޮށްފައިވޭ: އަރާޤްޗީ

މމުހައްމަދު އަލީOct 24, 2026

ފާއިތުވި ތިން އަހަރު އިސްރާއީލަށް ބޭނުންވާ ދިފާއީ މިސައިލް ގަތުމަށް އެމެރިކާގެ ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާއިން 11 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އަރާޤްޗީ ވިދާޅުވީ، އިޒްރޭލުގެ ދިފާއަށް ބޭނުންވާ މިސައިލް އިންޓަރސެޕްޓަރުތައް ގަތުމަށް އިޒްރޭލަށްވުރެ ގިނައިން އެމެރިކާއިން ޚަރަދު ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ މިއީ ދެ ގައުމަށްވެސް މަންފާ ކުރުވަނިވި ކަމެއް ނޫންކަމަށެވެ.

އަރާޤްޗީ ލަފާ ކުރައްވާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރާއި، 2026 ވަނަ އަހަރުގެ ޖޫން މަހާ ދެމެދު އިޒްރޭލުގެ ދިފާއުގައި އެމެރިކާގެ ސިފައިން ވަނީ 609 އިންޓަރސެޕްޓަރު ފޮނުވާފައެވެ. މީގެ ޖުމްލަ ޚަރަދަކީ ގާތްގަނޑަކަށް 11 ބިލިއަން ޑޮލަރެވެ. މީގެ ތެރޭގައި އެސް.އެމް-2، އެސް.އެމް-3 އަދި އެސް.އެމް-6 މިސައިލްތަކާއި، ޕެޓްރިއަޓް އަދި ތާޑް (THAAD) އިންޓަރސެޕްޓަރުތައް ހިމެނޭ ކަމަށް އަރާޤްޗީ ވިދާޅުވެފައިވެއެވެ.

އަރާޤްޗީ ވަނީ އެމެރިކާއިން އިޒްރޭލަށްދޭ އެއްބާރުލުމުގެ ސަބަބުން އެމެރިކާގެ ޓެކްސް ދައްކާ ފަރާތްތަކަށް މާލީގޮތުން ކުރިމަތިވެފައިވާ ބުރައިގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

Related News