ދިވެހި|English Oct 25, 2026 · 04:46
Top banner
Advertisement
ބުޝެހްރު ނިއުކްލިއަރ ޕްލާންޓުގައި މަސައްކަތްކުރާ ރަޝިޔާ މީހުން ގެންދަން ނޫޅެން: ރަޝީޔާ
World

ބުޝެހްރު ނިއުކްލިއަރ ޕްލާންޓުގައި މަސައްކަތްކުރާ ރަޝިޔާ މީހުން ގެންދަން ނޫޅެން: ރަޝީޔާ

މމުހައްމަދު އަލީOct 25, 2026

އީރާނުގެ ބުޝެހްރު ނިއުކްލިއަރ ޕްލާންޓުގައި މަސައްކަތްކުރާ ރަޝިޔާގެ ޑިޕްލޮމެޓިކް މުވައްޒަފުންނާއި ޚާއްސަ މަސައްކަތްތެރިން އަނބުރާ އެގައުމަށް ގެންދަން ތައްޔާރުވަމުންދާކަމަށް ދެކެވޭ ވާހަކަތައް ރަޝިޔާއިން ދޮގުކޮށްފިއެވެ.

ތެހެރާނުގައި ހުންނަ ރަޝިއާގެ ޑިޕްލޮމެޓިކް މިޝަނުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޚަބަރު ފަތުރާ ބައެއް ވަސީލަތްތަކުން ފަތުރަމުންދާ މި ޚަބަރަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އެ ނަޔާނުގައި ބުނެފައިވަނީ ރަޝިއާގެ ޑިޕްލޮމެޓުންނާއި ނިއުކްލިއަރ ޚާއްސަ މަސައްކަތްތެރިން އީރާނުން ބޭލުމާ ގުޅޭގޮތުން އަރާފައިވާ އެކިއެކި އަޑުތަކާއި ބުނެވޭ ބުނުންތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަމަށެވެ.

ބައެއް ޚަބަރު ޗެނަލްތަކުން ގެނެސްދެމުންދާ ވާހަކަތަކަށް އިޝާރާތްކޮށް، އެމްބަސީން ސާފުކޮށްދިން ގޮތުގައި އެމްބަސީގެ މުވައްޒަފުން ވިޔަސް އަދި ބުޝެހްރު ނިއުކްލިއަރ ޕްލާންޓުގައި ތިބި ރަޝިއާގެ ޚާއްސަ މަސައްކަތްތެރިން ވިޔަސް، އެއްވެސް ފަރާތަކުން އެ ޤައުމުން ފޭބުމަށް ނުވަތަ ބޭލުމަށް ރާވާފައެއް ނުވެއެވެ.

އަދި މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް, އާންމު ހާލަތެއްގައި ކުރިއަށްދާކަމަށް އެ ބަޔާނުގައި ވެއެވެ.

މިފަދަ ވާހަކަތައް ފަތުރަމުންދަނީ ނުބައި ނިޔަތެއްގައި ހިންގަމުންދާ ކެމްޕޭނެއްގެ ބައެއްގެ ގޮތުގައި ކަމަށްވެސް އެމްބަސީން ބުނެފައިވެއެވެ. މިފަދަ ދޮގު ވާހަކަތައް އުފައްދާ ފަރާތްތައް ވަރަށް ރަނގަޅަށް އެނގޭކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން، ދޮގު މައުލޫމާތު ފަތުރާ ޚަބަރު ޗެނަލްތަކުން މައުލޫމާތު ހޯދުން ހުއްޓާލުމަށް ނުވަތަ ގަބޫލު ނުކުރުމަށް ވެސް އެބަޔާނުގައި ވަނީ ގޮވާލައިފައެވެ.

Related News