ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ރޯވި އަލިފާނުގެ އަސަރު 4 ގެއަކަށާއި، 5 ވޯކްޝޮޕަކަށް ކޮށްފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖުމެންޓް ސެންޓަރުން ވިދާޅުވެއްޖެއެވެ.
އަލިފާން ރޯވި ސަރަޙައްދުގައިހުރި ގެތަކުން މިހާރުވަނީ މީހުން ހުސްކުރެވިފައި ކަމަށް ވެސް އެ ސެންޓަރުން ވިދާޅުވިއެވެ. "މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވޭ،"
ހެނދުނު ރޯވި އަލިފާން އަދިވެސް ކޮންޓްރޯލްނުވާކަމަށް ޑިޒާސްޓަރ މެނޭޖުމެންޓް ސެންޓަރުން ވިދާޅުވިއެވެ. އަލިފާން ނިއްވުމުގައި ފުލުހުންނާއި، އެއަރޕޯޓް ފަޔަރ އަދި އާންމުން ދަނީ ހަރަކާތްތެރިވަމުން ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެމްއެންޑީއެފްގެ ފަޔަރ ޓީމު މިހާރު ދަނީ ކުޅުދުއްފުށިން ފުނަދުއަށް ދަތުރުކުރަމުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.





