ދިވެހި|English Oct 25, 2026 · 18:31
Top banner
Advertisement
ފުނަދޫ އަލިފާން: މިހާރުވަނީ އަލިފާން އެއްކޮށް ނިއްވާލެވިފައި
News

ފުނަދޫ އަލިފާން: މިހާރުވަނީ އަލިފާން އެއްކޮށް ނިއްވާލެވިފައި

ހިރި ނިއުސްހިރި ނިއުސްOct 25, 2026

ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ރޯވި އަލިފާން މިހާރުވަނީ އެއްކޮށް ނިއްވާލެވިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އެހެންނަމަވެސް 4 ގެއަކަށާއި، 5 ވޯކްޝޮޕަކަށް އަލިފާނުގެ އަސަރުވަނީ ކޮށްފައެވެ. އަދި އެސަރަހައްދުގެ ބައެއް ގެތަކުން މީހުން ހުސްކުރަން ވެސް ޖެހުނެވެ. ހުސްކުރި ގެތަކަށް މީހުން އަލުން ބަދަލުކުރި ކަމެއް ކަށަވަރުވެފައެއް ނުވެއެވެ.

އަލިފާން ނިއްވާފައިވަނީ ފުލުހުންނާއި، އެއަރޕޯޓް ފަޔަރ އަދި އާންމުންނާއި އެމްއެންޑީއެފް ގުޅިގެން ކުރިމަސައްކަތުންނެވެ.

 

Related News