މި އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރެއްވީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދެވެ. އެމްޑީޕީން ވާދަ ކުރެއްވީ ނ. މަނަދޫ ކައުންސިލްގެ ރައީސް ޢަލީ ޒާފިރެވެ. މިއަދު ބޭއްވި އިންތިޚާބުގައި ޢަލީ އަޙުމަދު ވަނީ 312 ވޯޓު ހޯދައިފައެވެ. ޒާފިރަށް ލިބުނީ 229 ވޯޓެވެ.
މިއިންތިޚާބުގައި ޑަބްލިޔުޑީސީގެ ފަރާތުން ވާދަ ކުރެއްވީ އެމްޑީޕީގެ ލ. ގަމު ޑަބްލިޔުޑީސީގެ ރައީސް މަރިޔަމް ނީނާއާއި ޕީއެންސީގެ ށ. ފުނަދޫ ޑަބްލިޔުޑީސީގެ ރައީސާ މަރިޔަމް ޒީނާ އެވެ. ޕީއެންސީގެ ޒީނާ މިއިންތިޚާބު ކުރެއްވީ 79 ވޯޓު ހޯދައިގެންނެވެ. އެމްޑީޕީގެ ނީނާއަށް ލިބުނީ 53 ވޯޓެވެ.
މިއިންތިޚާބުގައި ސިޓީކައުންސިލްތަކުން ވާދަކުރެއްވީ ކުޅުދުށްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެކަންޏެވެ. އޭނާއާ ވާދަ ކުރާނޭ އެހެން ކެންޑިޑޭޓަކު ނެތުމުން އިންތިޚާބަކާ ނުލައި އޭނާއަށް ވަނީ ގޮނޑި ލިބިފައެވެ.





