ދިވެހި|English Nov 2, 2026 · 13:43
Top banner
Advertisement
ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ޝާހިދު ގޮވާލައްވައިފި
News

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ޝާހިދު ގޮވާލައްވައިފި

މމުހައްމަދު އަލީNov 2, 2026

ފުށިދިއްގަރުފަޅުގައި ސަރުކާރުން ހިންގަވަން އުޅުއްވާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލެއްވުމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުން އަށްސަތޭކަ މިލިއަން ޑޮލަރު ޚަރަދުކޮށް ރަސްމާލެ ނުވަތަ ފުށިދިއްގަރުފަޅު ހިއްކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ކަމަށެވެ. "ބޭރު ކުންފުންޏަކަށް އެ ބިން، ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދުކޮށްފައި އޮތް އަށްސަތޭކަ މިލިއަން ޑޮލަރު ގަނޑުކޮށް ހިލޭ ދެވިގެން ނުވާނެ،"

މިގޮތަށް ސަރުކާރުން އަމަލުކުރީމާ ރައްޔިތުންނަށް ލިބެނީ ނިކަމެތިކަން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލިސް ޖަލްސާގައި ވަނީ ރަސްމާލެ މަޝްރޫއު އީގަލް ހިލްސްއަށް ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރަށް ގޮވާލައިފައެވެ. އެކަން ނުކޮށްފި ކަމަށްވާނަމަ މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަން ވެސް ވަނީ ނިންމައިފައެވެ.

Related News