ދިވެހި|English Nov 7, 2026 · 21:05
Top banner
Advertisement
މަރްޔަމް މިދްފާ ނަޢީމް އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ވިއެޓްނާމްގެ ރައީސަށް އަރުވައިފި
News

މަރްޔަމް މިދްފާ ނަޢީމް އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ވިއެޓްނާމްގެ ރައީސަށް އަރުވައިފި

ހިރި ނިއުސްހިރި ނިއުސްNov 6, 2026

ދިވެހިރާއްޖެ އިން ވިއެޓްނާމަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، މަރްޔަމް މިދްފާ ނަޢީމް އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ވިއެޓްނާމްގެ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓެރީ އަދި ރައީސް ޓޯ ލާމަށް މިއަދު އަރުވައިފިއެވެ. ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެފައިވަނީ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހަނޯއީގައި މިއަދު ކަމަށެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި، ވިއެޓްނާމްގެ ރައީސް ޓޯ ލާމް ފަތްކޮޅު އެރުވި ސަފީރުންނަށް މަރުހަބާ ވިދާޅުވެ އެބޭފުޅުންގެ މަސައްކަތް ކުރިއަށް ގެންދެވުމުގައި ވިއެޓްނާމް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ވެސް ޚާރިޖިއްްޔާއިން ވިދާޅުވިއެވެ.

ސަފީރު މަރްޔަމް މިދްފާ ނަޢީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ސަރުކާރާއި އަދި ރައްޔިތުންގެ ފަރާތުން ވިއެޓްނާމްގެ ރައީސް އާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރެއްވި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

Related News