ދިވެހި|English Aug 24, 2026 · 09:33
Top banner
Advertisement
މޮދީ ލާއޮސްއަށް ވަޑައިގަންނަވަނީ
World

މޮދީ ލާއޮސްއަށް ވަޑައިގަންނަވަނީ

އއިބްރާހީމްް ސަމީރުOct 8, 2024
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ، ލާއޮސްއަށް ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. މި މަހުގެ 10ން 11އަށް ކުރައްވާ ދަތުރުފުޅަކީ، އާސިއަން އިންޑިއާގެ 21 ވަނަ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ކުރައްވަނީ ލާއޮސްގެ ބޮޑު ވަޒީރު ސޮނެކްސޭ ސިފަންޑޯންގެ ދައުވަތަކަށެވެ. ވިއެންޓިއަންގައި އޮންނަ އާސިއާން ސަމިޓަކީ، 19 ވަނަ އީސްޓް އޭޝިއާ ސަމިޓެވެ. ދުނިޔޭގެ ތާރީޚުގައި ލާއޮސް ފާހަގަ ކުރެވެނީ އެންމެ ގިނައިން ބޮން އަޅާފައިވާ ޤައުމުގެ ގޮތުގައެވެ. ވިއެޓްނާމް ހަނގުރާމައިގެ ދުވަސްވަރު އެމެރިކާއިން ވަނީ އާދަޔާ ޚިލާފަށް ގިނައިން ލާއޮސްއަށް ބޮން އަޅާފައެވެ.    

Related News