ދިވެހި|English Nov 15, 2026 · 05:18
Top banner
Advertisement
ޖުމްހޫރީދުވަހާ ގުޅިގެން ފަރެސްމާތޮޮޑާގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި
News

ޖުމްހޫރީދުވަހާ ގުޅިގެން ފަރެސްމާތޮޮޑާގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

ހިރި ނިއުސްހިރި ނިއުސްNov 14, 2026

މިއީ އެރަށުގައި މަސައްކަތް ކުރައްވާ ފުލުހުން އިސްނަގައިިގެން ބޭއްވި ހަވީރެކެވެ. ފުލުހުން ވިދާޅުވީ މިއީ ކުލަގަދަކޮށް ކާމިޔާބުކަމާއެކު ބޭއްވި ހަރަކާތެއް ކަމަށެވެ.

މި ހަރަކާތް ބާއްވާފައިވަނީ ޖުމްހޫރީ ދުވަހު އެވެ. މިއީ މުޖުތަމައު ހޭލުންތެރިކުރުވުމަށާއި، ރައްޔިތުންނާއި ފުލުހުންނާ ދެމެދު އޮންނަ އިތުބާރާއި ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރިއަށް ގެންދިޔަ ހަވީރެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހަވީރުގައި، އާއިލާތަކަށް އުފާވެރި މާހައުލެއް ފަހިކޮށްދިނުމާއެކު، ކުޑަކުދިންނަށް ޚާއްސަ މުނިފޫހިފިލުވުމުގެ ތަފާތު ކުޅިވަރުތަކާއި، ފުލުހުންގެ މަސައްކަތްތަކަށް އާންމުން ޝައުގުވެރިވާނެ ފަދަ މުހިންމު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ހަވީރަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާއިލާތަކުގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި ހަވީރު ވެގެންދިޔައީ، ބައިވެރިންނަށް އުފާވެރިކަމާއި ހިނިތުންވުން ގެނެސްދިން ފުރިހަމަ ހަރަކާތަކަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ރަށުގެ މުއައްސަސާތަކާ ގުޅިގެން މިފަދަ ހަރަކާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަކީ، ޖަމުއިއްޔާތަކާއި ސަރުކާރުގެ އިދާރާތަކުގެ މެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ އަދި އެ ގުޅުން އިތުރަށް ހަރުދަނާވެގެންދިޔަ މުހިންމު ހަރަކާތެއް ކަމަށް ފުލުހުންވަނީ ހާމަކުރައްވައިފައެވެ.

މި ހަވީރު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ޔުނިސެފް މޯލްޑިވްސްއާއި، ފަރެސްމާތޮޑާ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ސިއްހީ މަރުކަޒާއި، ހުވަދޫ ސުކޫލާއި ފަރެސްމާތޮޑާ އެއާޕޯޓު މުވައްޒަފުން ވެދެއްވި އަގުހުރި އެއްބާރުލުމަށްޓަކައި ފަރެސްމާތޮޑާ ފުލުހުންވަނީ ޝުކުރު ދަންނަވާފައެވެ.

Related News